ކ. މާލެ
|
19 ޑިސެންބަރ 2017 | އަންގާރަ 17:03
އަޒީމް ރައީސްގެ އަނބިކަނބަލުންނާ އެކު
އަޒީމް ރައީސްގެ އަނބިކަނބަލުންނާ އެކު
ޓްވިޓަރ
އާސަންދަ ކުންފުނި
އާސަންދަ ކުންފުނީގެ އެމްޑީއަކަށް އަޒީމް އައްޔަންކޮށްފި
އަޒީމް ކުރިން ހުންނެވީ އާސަަންދައިގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރެއްގެ ގޮތުގައި
އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ކުރިން އަދާކުރެއްވީ ހަސަން އަލީ
ހަސަން އަލީ މިހާރު ހުންނަ ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އަހުމަދު އަޒީމް އައްޔަން ކޮށްފިއެވެ.

ކުރިން އާސަންދައިގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި ހ. ހޮޓެންސިއާ އަހުމަދު އަޒީމް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރީ އަންގާރަ ދުވަހުއެވެ. ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

އަޒީމް އެ މަގާމަށް އައްޔަންކޮށްފައި މި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން އަލީ ވަކިކުރުމަށް ފަހުގައެވެ. ސަރުކާރު ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރުމުގެ ބާރު އޮންނަ ޕްރައިވެޓައިޒޭޝަން ބޯޑުން މައުލޫމާތުދިން ގޮތުގައި ހަސަން އަލީ މަގާމުން ވަކިކުރީ ސަރުކާރުން އެގޮތަށް ބޭނުންވެގެން ހުށަހެޅުމުންނެވެ.

މަގާމުން ވަކިކުރިތާ 24 ގަޑިއިރު ނުވަނީސް، ރައީސް އަބްދުﷲ ޔާމީން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ހަސަން އައްޔަން ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 30 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް