ކ. މާލެ
|
19 ޑިސެންބަރ 2017 | އަންގާރަ 13:03
އިސްލާމީ މަރުކަޒު
އިސްލާމީ މަރުކަޒު
ގޫގުލް
ރާއްޖެ އިސްލާމްވި ދުވަސް
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޮޑު ޖަމާއަތުގައި ކުރާ މަޣްރިބް ނަމާދު މިރޭ އިސްލާމީ މަރުކަޒުގައި
ރާއްޖެ އިސްލާމްވިތާ 889 އަހަރު ވަނީ ވެފައި
ހާއްސަ ދުޢާއެއް ކުރުމަށްވަނީ ހަމަޖެހިފައި
ރަށްރަށުގައިވެސް ބޮޑު ޖަމާއަތުގައި މަޣްރިބް ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައި

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޮޑު ޖަމާއަތުގައި މަޣްރިބު ނަމާދު ކުރުން އިސްލާމީ މަރުކަޒުގައި މިރޭ އޮންނާނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބުދަ ދުވަހަކީ ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެގޮތުން ރާއްޖެ އިސްލާމްވިތާ މިހާރު ގާތްގަނޑަކަށް ވަނީ 889 އަހަރުފުރިފަ އެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތައް އަންގާރަ ދުވަހު ފަށާއިރު މަޣްރިބް ނަމާދަށްފަހު ހާއްސަ ދުޢާއެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މާލޭގައި މިދުޢާ ކުރުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. ރަށްރަށުގައި މިދުޢާކުރުން އޮންނާނީ އެރަށެއްގެ ކައުންސިލުން ކަނޑައަޅާ މިސްކިތެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ދިވެހި ތާރީހުން އެނގޭ ގޮތުގައި ރާއްޖެ އިސްލާމް ވެފައިވަނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ ތެރޭގަ އެެވެ. ރާއްޖެ އިސްލާމްވީ ގޮތް ނުވަތަ އިސްލާމު ކުރެއްވި ފަރާތާއި މެދު ތާރީހު ދިރާސާ ކުރާ ފަރާތްތަކުގެ މެދުގައި ކޮންމެވެސް ވަރެއްގެ ހިޔާލުތަފާތުވުންތަކެއް އުޅޭ އިރު ރާއްޖެ އިސްލާމް ކުރައްވާފައިވަނީ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ ކަމަށް ތާރީޚީ ލިޔުންތައް ބުނެއެވެ. އޭރު ރާއްޖޭގެ ތަހުތުގައި އިންނެވީ ރަސްގެފާނު ސްރީތިރިބަވަނަ އާދީއްތިޔަ މަހާރަދުންނެވެ. ރަސްގެފާނު އިސްލާމް ވުމަށްފަހު ނަންފުޅު މުހައްމަދު ބިން އަބްދުﷲ ސިރީ ބަވަނާދީއްތަ މަހާރަދުންނަށް ބަދަލުކުރެއްވިއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް