ކ. މާލެ
|
18 ޑިސެންބަރ 2017 | ހޯމަ 20:50
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޓްވިޓަރ
އިއްތިހާދު ރޫޅުން
ކޯލިޝަން ރޫޅުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވުމުން ނަޝީދުގެ ޝުކުރު ޤާސިމަށް
ޝުކުރިއްޔާގެ އިތުރުން އެއްވެސް އެއްޗެއް ރައީސް ނަޝީދު ވިދާޅެއް ނުވޭ
ޤާސިމް ވިދާޅުވީ އިއްތިހާދު ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް
އުމަރު ނަސީރު ޖޭޕީއާ ގުޅިވަޑައިގަތުމުން އެމްޑީޕީ އޮތީ ހިތްހަމަނުޖެހިފައި

ވަކި ފަރުދެއްގެ ސަބަބުން އިއްތިހާދަށް ބުރޫ އަރައިގެން ނުވާނެ ކަމަށާއި، އަދި ޖުމްހޫރީ ޕާޓީން އެކަން ވުމަށް ފުރުސަތު ވެސް ނުދޭނެ ކަމަށް އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވުމުން އެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝުކުރު އަދާކުރައްވައިފިއެވެ.

ޤާސިމް ކުރެއްވި ޓްވީޓެއްގައި ވިދަޅުވީ ވަކި ފަރުދަކު ޖޭޕީއާ ގުޅުމަކުން އަދި މެންބަރަކު ވަކި ކަމެއްގައި ތަފާތު ވިސްނުމެއް ގެންގުޅޭ ގޮތަކުން، ރާއްޖެ އިސްލާހީ މަގަށް ގެނައުމަށް ޖޭޕީ ބައިވެރިވެފައިވާ އިއްތިހާދުގެ ގުޅުމަށް ބުރޫއަރައިގެން ނުވާނެ ކަމަށެވެ. އަދި ޖޭޕީ އިން އެކަހަލަ ކަމެއް ވުމަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

 

 

ޤާސިމް އެ ޓްވީޓް ކުރެއްވިތާ ގިނަ އިރުތަކެއް ނުވެ، ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝުކުރިއްޔާ ކަމަށެވެ. އިތުރު އެއްވެސް އެއްޗެއް ޓްވީޓްގައި ވިދާޅުވެފައެއް ނުވެއެވެ.

 

 

އުމަރު ނަޝީރު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވުމުން އެމްޑީޕީ ހިތްހަމަނުޖެހިފައިވާއިރު ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެފައި ވަނީ އެޕާޓީ ހަލާކުކޮށްލަން އުމަރު ނަސީރު އެމްޑީޕީއާ ވައި ވެސް އެޅުނަ ނުދޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް