ކ. މާލެ
|
18 ޑިސެންބަރ 2017 | ހޯމަ 20:14
ހއ. މޮޅަދޫ: އެ ރަށު އިންޖީނުގޭގެ ތިޖޫރި ވަނީ ވަގަށް ނަގާފައި
ހއ. މޮޅަދޫ: އެ ރަށު އިންޖީނުގޭގެ ތިޖޫރި ވަނީ ވަގަށް ނަގާފައި
ފްލިކަރ
ތިޖޫރި ވަގަށް ނެގުން
ހއ. މޮޅަދޫ އިންޖީނުގޭގެ ތިޖޫރި ވަގަށް ނެގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް، ފައިސާތަކެއް ހޯދައިފި
ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން
ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ 20 އަހަރާއި 26 އަހަރުގެ ދެ މީހުން
ތިޖޫރި ވަގަށް ނެގިއިރު 38،740ރ. ހުރި

ހއ. މޮޅަދޫ އިންޖީނުގޭގެ ތިޖޫރި ވަގަށް ނެގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ 20 އަހަރާއި 26 އަހަރުގެ ދެ މީހުން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އޭގެ ތެރެއިން އެކެއްގެ ގެޔާއި އިތުރު ދެ ތަނެއް ބަލައި ފާސްކުރުމުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުޤީޤްކުރަމުން ވެސް އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ތިޖޫރި ވަގަށް ނެގިއިރު 38،740ރ. ހުރިކަމަށް ރަށު ކައުންސިލުން މައުލޫމާތުދީފައިވެއެވެ. އާދިއްތަ ދުވަހު ހެނދުނު ފުލުހުން ތިޖޫރި ހޯދި ނަމަވެސް ތިޖޫރީގައި އެއްވެސް ފައިސާއެއް ނެތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް