ކ. މާލެ
|
18 ޑިސެންބަރ 2017 | ހޯމަ 09:14
ރާއްޖޭގެ ރަށެއްގައި ފެން ބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ
ރާއްޖޭގެ ރަށެއްގައި ފެން ބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ
ޕޮލިސް
ރާއްޖޭގެ މޫސުން
ތ. އަތޮޅާއި ގދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި
ޔެލޯ އެލަރޓް ނެރެފައިވަނީ މެންދުރު 01:00 އަށް

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ތ އަތޮޅާއި ގދ އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ތ އަތޮޅާއި ގދ އަތޮޅުގެ ބޮޑު ބަޔަަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށެެވެ. މި ދެ އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވަނީ މެންދުރު 1:00 ގެ ނިޔަލަށެވެ. އާދިއްތަ ދުވަހުވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް އަދި ވައިޓް އެލާޓް ވެސް ނެރެފަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ކަނޑުތައް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެ ވަތަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރަމުންދާއިރު މި ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދުނު ތޫފާން އޮކިގެ ސަބަބުން ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ގަދަވަޔާ އެކު ވިއްސާރަވެ ގެއްލުންތަކެއްވެސް ލިބުނެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް