ކ. މާލެ
|
18 ޑިސެންބަރ 2017 | ހޯމަ 08:59
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ސްކައި ނިއުސް
ރައީސް ނަޝީދު
ދިވެހިރާއްޖެ މިދަނީ ހަނގުރާމައިގެ ނުރައްކަލަށް ހުޅުވިގެން: ރައީސް ނަޝީދު
މަޖިލިސް ވަނީ ހިސޯރު ކޮށްފައި
މަޖިލިސް މެމްބަރުންނަށް މަޖިލިސް އަށް ނުވަދެވޭ
އަވައްޓެރިން ހިތްހަމަ ނުޖެހޭ ކަންކަން ރައީސް ޔާމީންގެ ސަރުކާރުން ގެންދަވަނީ ކުރައްވަމުން

ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ކަންތައްތައް ކުރާ ގޮތުން ދިވެހިރާއްޖެ މިދަނީ ހަނގުރާމައިގެ ނުރައްކަލަށް ހުށަހެޅިގެން ކަމަށް ކުރީގެ ރައީސުލްޖުމްހޫރީއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށް، މަޖިލިސް މެމްބަރުންނަށް މަޖިލިސް އަށް ވަނަނުދީ ބޭއްވުމަށް ފަހު ރާއްޖޭގެ އަވައްޓެރިން ކަންބޮޑުވެ ނުތަނަވަސް ވާނެ އެންމެހައި ކަންކަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށެވެ. 

ރައީސް ޔާމީން މިފަދަ ކަންކަން ކުރެއްވުމުގެ ސަބަބުން ދިވެހިރާއްޖެ ހަނގުރާމައިގެ ނުރައްކަލަށް ހުޅުވިގެންދާ ކަމަށާއި އެހެންކަމުން މިހެން ނުހުއްދެވުމަށް ރައީސް އަބްދުﷲ ޔާމީންގެ އަރިހުންނާއި އަދި ސަރުކާރުގެ އެންމެހައި އިސްވެރިންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވަނިކޮށެވެ. 

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާން ރަވިން ކުމާރު ވިދާޅުވެފައި ވަނީ އިންޑިއާއިން، ދިވެހިރާއްޖެ އިސްކުރާ ފަދައިން ދިވެހިރާއްޖެއިން ވެސް އެންމެ ފުރަތަމަ އިންޑިއާ އިސްކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
18 ޑިސެންބަރ 2017 | ހޯމަ 09:26
މިގޭ
މޮޔަފުޅުވަނީދޯ މަޑުންހުރެވޭތޯބަލާބަލާބަލަ.