ކ. މާލެ
|
17 ޑިސެންބަރ 2017 | އާދީއްތަ 22:33
ރާއްޖޭގެ މައްޗަށް މިއަދު ދަނީ ބޯ ވިލާތައް ޖަމާވަމުން
ރާއްޖޭގެ މައްޗަށް މިއަދު ދަނީ ބޯ ވިލާތައް ޖަމާވަމުން
މެޓް އޮފީސް
މޫސުން
ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ: މެޓް އޮފީސް
މ އަތޮޅަށާއި ރ އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވޭ

ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.

އެ އޮފީހުގެ ރަސްމީ ޓުވިޓަރ އެކައުންޓު މެދުވެރިކޮށް އާދިއްތަ ދުވަހުގެ ރޭ ކުރި ޓުވީޓެއްގައި ވަނީ ށ އަތޮޅަށާއި ލ އަތޮޅަށް ވައިޓް އެލާޓް ނެރެފައެވެ. އަދި މި ވައިޓް އެލާޓް ނެރެފައިވަނީ އާދިއްތަ ދުވަހުގެ ރޭ 11.30 އާއި ހަމައަށެވެ.

ށ އަތޮޅަށާއި ލ އަތޮޅަށް ގުގުރުމާއިއެކު ބޯކޮށްވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން މެޓް އޮފީހުން ކުރި އެހެން ޓުވީޓެއްގައި ވަނީ މ އަތޮޅަށާއި ރ އަތޮޅަށް ޔެލޯ އެލާޓް ނެރެފައެވެ. މި ޔެލޯ އެލާޓް ނެރެފައިވަނީ އާދިއްތަ ދުވަހުގެ ރޭ 12 ޖެހުމާއި ހަމައަށެވެ.

މ އަތޮޅަށާއި ރ އަތޮޅަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް