ކ. މާލެ
|
17 ޑިސެންބަރ 2017 | އާދީއްތަ 17:05
އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު
އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު
ޕީޕަލް މެގަޒިން
އަޙްމަދު ޝާފިއު
ފާރިސްއާ ދެކޮޅަށް ދޮގު ހެކިބަސް ދޭން ޝާފިއުއަށް އަށް މަޖުބޫރިކުރި މައްސަލަ ފުލުހުން ނުބެލި
ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ ޝާފިއު ރާއްޖެޓީވީއަށް ދިން އިންޓަވިއުއަކަށް ބަލައި

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށައެޅުއްވި ކަމަށްބުނެ ފާރިސްއާ ދެކޮޅަށް ހެކިބަސް ދިނުމަށް އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ވަކި މީހަކަށް މަޖުބޫރު ކުރި ކަމަށްބުނާ މައްސަލަ ފުލުހުން ބޭރުކޮށްލައިފި އެވެ.

ފާރިސްގެ ގާނޫނީ ވަކީލް މައުމޫނު ހަމީދު މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ލ.ފޮނަދޫ، ސްވީޓް ފްލާވާރ، އަހްމަދު ޝާފިއު ރާއްޖެޓީވީއަށް ދީފައިވާ އިންޓަވިއުއެއްގައި ދައްކާފައިވާ ވާހަކަތަކެއްގެ މައްޗަށް ބިނާ ކޮށެވެ. މިދިޔަ ނޮވެމްބަރު މަހު ފުލުހުންނަށް ހުށަހެޅި އެ މައްސަލާގައި ބުނެފައިވަނީ ފާރިސް ރިޝްވަތު ހުށަހެޅުއްވި ކަމަށްބުނެ އަހްމަދު ރަޝީދު ފުލުހުންނަށް ހުށަހަޅައި، ފާރިސް ރިޝްވަތުދިން ކަމަށް ބުނެ ބަޔާން ދިނުމަށް ޝާފިއުއަށް މަޖުބޫރު ކޮށްފައިވާކަން ރާއްޖެޓީވީއަށް އޭނާ ދީފައިވާ އިންޓަވިއުއިން އެނގޭ ކަމަށެވެ. ފާރިސްއާ ދެކޮޅަށް މިހާރު ކޯޓުގައި ހިނގަމުންދާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގެ ޝަރީއަތަށް ނުފޫޒުފޯރުވައި، ފާރިސްއާ ދެކޮޅަށް ހެކިބަސް ދިނުމަށް ވެސް ޝާފިއުއަށް މަޖުބޫރުކޮށް، ބިރުދައްކާފައިވާކަން އެނގޭ ކަމަށް ފުލުހުންނަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ. ހަމައެހެންމެ ޝާފިއުގެ ފޮރެންސިކް ރިޕޯޓަށް ބެލުމުންވެސް އޭނާ ދައްކާފައިވާ ވާހަކަތަތަކީ ހަގީގަތްކަން އެނގޭ ކަމަށާއި އެހެން ކަމުން އަހްމަދު ރަޝީދުގެ މައްސަލަ ޖިނާއީ މައްސަލައެއް ގޮތުގައި ބަލާ ފިޔަވަޅު އަޅައިދޭން އެދޭ ކަމަށް މައުމޫނު ހަމީދުގެ ސިޓީގައި އެދިފައިވެ އެވެ

ޝާފިއު އަށް އަހްމަދު ރަޝީދު ފޮނުވާފައިވާ މެސެޖްތަކުގެ ސްކްރީން ޝޮޓެއްް

ނަމަވެސް ފުލުހުންނަށް އެ މައްސަލަ ހުށަހެޅިތާ ހަފްތާއެއް ފަހުން މައުމޫނު ހަމީދަށް އަންގާފައިވަނީ ފާރިސްގެ މައްސަލަ ތަހްގީގުކުރިއިރު އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން ތަހްގީގަށް ހުރަސްއެޅި، ފާރިސްގެ ހައްގަށް އުނިކަމެއް މެދުވެރިވާފަދަ ކަމެއް އައިސްފައިވާ ކަމަށް ދެކޭ ނަމަ އެ މައްސަލަ ހުށަހެޅުން އެންމެ ރަނގަޅީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ކަމަށް ދެކޭ ކަމަށެވެ.

ނަމަވެސް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަކީ ގާނޫނު ތަންފީޒުކުރާ މުވައްސަސާތަކާއި އެ ތަންތަނުގެ މުވައްޒަފުންގެ އަމަލުތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ. މައުމޫނު ހަމީދުގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވަނީ ފާރިސްއާ ދެކޮޅަށް ވަކި މީހަކު ލައްވާ މަޖުބޫރުކޮށްގެން ބަޔާން ދިނުމަށާއި ކޯޓުގައި ހެކިބަސް ދިނުމަށް މަސައްކަތްކުރިވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މައްސަލަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
17 ޑިސެންބަރ 2017 | އާދީއްތަ 19:49
ގާދިރު
އަންދާގާނޫނު