ކ. މާލެ
|
17 ޑިސެންބަރ 2017 | އާދީއްތަ 16:13
ރާއްޖޭގެ މައްޗަށް ޖަމާވެފައިވާ ވިލާތައް ދައްކުވައިދޭ ސެޓެލައިޓް ފޮޓޯއެއް
ރާއްޖޭގެ މައްޗަށް ޖަމާވެފައިވާ ވިލާތައް ދައްކުވައިދޭ ސެޓެލައިޓް ފޮޓޯއެއް
މެޓް އޮފީސް
ރާއްޖެ މޫސުން
ދެކުނުގެ އަތޮޅުތަކަށް އަދިވެސް ވިއްސާރަ ކުރަނީ!
ވިއްސާރަވާން ފަށާފައި މިވަނީ ތޫފާން އޮކިއަށް ފަހު މޫސުން ރީތިކޮށް އޮތުމަށް ފަހު

ދެކުނުގެ އަތޮޅުތަކަށް ރޭ ފަތިހު ނެރުނު ވައިޓް އެލަރޓްގެ ވަގުތު މެންދުރު ފަހު 2:30އަށް އިތުރު ކޮށްފިއެވެ.

އާދިއްތަ ދުވަހުގެ ފަތިހު، ހެނދުނު 10:00އާއި ހަމަޔަށް ވައިޓް އެލަރޓް ނެރުމަށް ފަހު، މިހާރު އެވައިޓް އެލަރޓްގެ މުއްދަތު ވަނީ 2:30އަށް އިތުރު ކޮށްފައެވެ.

މެޓް އޮފީހުން ބުނާ ގޮތުގައި މާލެއިން ދެކުނަށް ވައިޓް އެލަރޓް ނެރެފައިވާއިރު، ދެކުނުގެ އަތޮޅުތަކަށް މިއަދު ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި އާއްމުކޮށް ރާއްޖޭގެ ސަރަހައްދުގެ މޫސުން ގޯސްވާނެއެވެ.

މެޓް އޮފީހުން ހޯމަ ދުވަހުގެ ހެނދުނާއި ހަމަޔަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެ އަދި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެއެވެ.

އިރުއުތުރާއި އިރުން މެދުތެރޭ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 03 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 05 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ކަނޑުތަކަށް ބަލާއިރު، މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ކަނޑު މަޑުވާނެ ކަމަށާ އަދި ވިލާގަޑުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް