ކ. މާލެ
|
17 ޑިސެންބަރ 2017 | އާދީއްތަ 13:21
ސަސްޕެންޑުކުރި ގއ.އަތޮޅު ކައުންސިލަރުންނާއެކު އިންޑިއާގެ އިން ރާއްޖެ ކަނޑައަޅުއްވާފައިހުރި ސަފީރު
ސަސްޕެންޑުކުރި ގއ.އަތޮޅު ކައުންސިލަރުންނާއެކު އިންޑިއާގެ އިން ރާއްޖެ ކަނޑައަޅުއްވާފައިހުރި ސަފީރު
ޓްވިޓަރ
ގއ.އަތޮޅު ކައުންސިލް
ގއ. އަތޮޅު ކައުންސިލަރުންގެ ސަސްޕެންޝަން އުވާލުމަށް ގުޅިފައިވާ ޕާޓީތަކުން ގޮވާލައިފި
ކައުންސިލަރުން ސަސްޕެންޑުކޮށްފައިވަނީ ތިން މަސް ދުވަހަށް

ގއ.އަތޮޅު ކައުންސިލަރުންނަށް ކޮށްފައިވާ ސަސްޕެންޝަން ވަގުތުން އުވާލުމަށް ގުޅިފައިވާ ޕާޓީތަކުން ގޮވާލައިފިއެވެ.

ގުޅިފައިވާ ޕާޓީތަކުން ނެރުނު ބަޔާނެއްގައި ބުނީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހުވަދޫ އަތޮޅު އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ އަތޮޅު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރެއްވުމާ ގުޅިގެން މުޅި އަތޮޅު ކައުންސިލް ތިން މަސް ދުވަހަށް އެލް.ޖީ.އޭ އިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް ކައުންސިލެއް ސަސްޕެންޑް ކުރުމުގެ އެއްވެސް ޤާނޫނީ ބާރެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިދީފައިނުވާ ކަމަށާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ތިންވަނަ ބާބުގެ އަތޮޅު ކައުންސިލް ގެ ޤާނޫނީ ޝަހުސިއްޔަތު ބަޔާން ކޮށްދޭ ހަތް ވަނަ މާއްދާ ބުނާގޮތުން އިންތިޚާބު ވެފައިވާ އެއްވެސް އަތޮޅު ކައުންސިލަކަށް ވަކި ޖަމާއަތަކާ ނުވަތަ ވަކި ފަރުދަކާ ބައްދަލު ކުރުމަކަށް އެއްވެސް ޤާނޫނީ ހުރަހެއް ނެތްކަމަށެވެ.

އެގޮތުން ގުޅިފައިވާ ޕާޓީތަކުން ބުނީ ޤާނޫނާއި ޚިލާފަށް މިސަރުކާރުން ޢަމަލު ކުރަމުން ގެންދަނީ، ދިވެހި ރައްޔިތުންނަށް ސީދާ ގޮތުގައި ބިރުދައްކައި އަނިޔާވަރިކަން ދެއްކުމަށް ކަމަށާއި، އަދި މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ފުނޑުފުނޑު ކޮށްލައި އެ ނިޒާމުން ދިވެހި ރައްޔިތުންނަށް ލިބެމުންދާ ޚިދުމަތްތައް ހުއްޓުވައި ސިޔާސީ ބޭނުމަކަށްޓަކައި ވަކި ފަރާތެއްގެ މުށު ތެރެއަށް ހުރިހާ ބާރެއް އެއްކުރުމަށް ހިންގާ ޚުދުމުޙުތާރު ޢަމަލެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

ބޭރުގެ ފަރާތްތަކާއި ބައްދަލު ކުރެވޭނީ އެލް.ޖީ.އޭގެ ވަކި ހުއްދަ އެއް އޮވެގެން ކަމަށް ނިންމާފައި ވުމަކީ، އެކަމުން ބޭރުގެ ފަރާތްތަކަށް ކުރާ އިޚުތިރާމް ކުޑަވެ އެފަރާތްތަކާއި އޮންނަ ގުޅުމަށް ބުރޫ އަރާނެ ކަމެއް ކަމުގައި ދެކޭ ކަމަށާއި، ކައުންސިލަރުންނަކީ ދިވެހި ރައްޔިތުން އިންތިޚާބު ކޮށްފައިވާ ރައްޔިތުންގެ މަންދޫބުން ކަމުގައިވީހިނދު، އެކައުންސިލަރުންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ދައުލަތުގެ މުއައްސަސާތަކުން ފުރިހަމައަށް އެއްބާރުލުން ދިނުމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ގޮވާލާފައެވެ. އަދި މިހާރުން މިހާރަށް ޤާނޫނާއި ޚިލާފަށް ގއ. އަތޮޅު ކައުންސިލަރުން ކޮށްފައިވާ ސަސްޕެންޝަން އުވާލައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް ވެސް ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުން ވަނީ ގޮވާލަމެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
17 ޑިސެންބަރ 2017 | އާދީއްތަ 22:53
އަޙްމަދު
އިދިކޮޅު ކޯލިސަނަށް ކުރާތާއީދު އަނބުރާލައިފިން
17 ޑިސެންބަރ 2017 | އާދީއްތަ 22:48
ޔޫ.އެން
މިހާރުން މިހަރައްވެސް ރާއްޖޭގައިހުންނަ އިނޑިޔާގެ ހައިކޮމިސަން ބަންދުކޮށް އެމީހުން އިންޑިޔާއަށް ފޮނުވާލަންވީ. ޢަހަރުމެން ނުޖެހޭ އެމިހުންގެ އަތްދަށުވެގެން ތިބޭކަން. މީހުން މިއުޅޭ ކެނެރީގޭ ނަޝީދުގެ ކަންތައް؟
17 ޑިސެންބަރ 2017 | އާދީއްތަ 22:45
ދިވެހިން
އހަރުމެންގެ މި މުސްލިމުވެރިޔާގެ ފަހަތުގައި މިތިބީ ޘާބިތުކަމާއި
17 ޑިސެންބަރ 2017 | އާދީއްތަ 22:40
ޗައިނާ
މިހިސާބަށް ދިއުމުން އަންނި އަށް މިގައުމުގެ ވެރިކަން ލިބޭނެތޯ ؟ ހަސަން ތާޖުއްދީނުގެ ދެދަރިންނަށް ވީގޮތް ހަނދުމަ ހުރި ދިވެހިން އެބަ ތިއްބެވިތޯ ؟
17 ޑިސެންބަރ 2017 | އާދީއްތަ 22:35
ހ މ ޒ
ންޑިޔާ ސިފައިން މިތަނަށް އަންނަންވާއިރަށް އެމީހުންނަށް ބައިއަތުހިފަންތިބި މީހުންގެ ކަންތައް ނިމޭނެ! ކޮންމެވެސް އެއްގޮތެއްއިގޭތޯ؟