ކ. މާލެ
|
17 ޑިސެންބަރ 2017 | އާދީއްތަ 13:46
ނައިބު ރައީސްގެ މާމާފުޅު
ނައިބު ރައީސްގެ މާމާފުޅު
އާއިލާ
ނައިބު ރައީސް ޖިހާދު
ނައިބު ރައީސް ޖިހާދުގެ މާމާފުޅު ނިޔާވެއްޖެ
ކަށު ނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މާމާފުޅު ނިޔާވެއްޖެއެވެ.

ޖިހާދުގެ މާމާފުޅު، ހައްވައިފާނު ނިޔާވެފައިވަނީ އުމުރުފުޅުން 97 އަހަރުގައި، އާދިއްތަ ދުވަހު ހެނދުނު 10 ޖަހާކަންހާއިރުއެވެ. އާއިލާގެ ފަރާތުން މައުލޫމާތު ދެއްވާ ގޮތުގައި ހައްވައިފާނު ނިޔާވިއިރު އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދެތިން މަސްވެއްޖެއެވެ.

އާއިލާއިން މައިލޫމާތު ދޭ ގޮތުގައި ހައްވައިފާނުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ. 

މާމާފުޅު ނިޔާވިއިރު ނައިބު ރައީސް ޖިހާދު މިވަގުތު ހުންނެވީ އިންވެސްޓްމަންޓް ފޯރަމް ފައްޓަވައިދެއްވުމަށް ވަޑައިގެން، ޔޫއޭއީގެ ޑުބާއީގައެވެ.

ނައިބު ރައީސް ޖިހާދުގެ މާމާފުޅު ނިޔާވުމުގެ ހިތާމައިގައި ރާއްޖެ.އެމްވީ އާއި ރާއްޖެ ޓީވީގެ ފަރާތުން ނައިބު ރައީސް ޖިހާދަށާއި އާއިލާއަށް ތައުޒިޔާ ދަންނަވަމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް