ކ. މާލެ
|
17 ޑިސެންބަރ 2017 | އާދީއްތަ 11:30
ފުލުހުން މީހަކު ހައްޔަރުކޮށްގެން ގެންދަނީ
ފުލުހުން މީހަކު ހައްޔަރުކޮށްގެން ގެންދަނީ
މޯލްޑިވްސް ޕޮލިސް ސާރވިސް
ވައްކަން ކުރަން އުޅުން
ވިލާ ޓްރޭޑް ސެންޓަރުގެ ތިޖޫރި ފަޅާލަން އުޅުނު ހަތަރު މީހުން ހައްޔަރުކޮށްފި
ތިން މީހުން ހައްޔަރު ކޮށްފައިވަނީ ވިލާ ޓްރޭޑް ސެންޓަރުގެ ތެރެއިން، އެކަކު އެތަނުގެ ބޭރުން

ވިލާ ޓްރޭޑް ސެންޓަރުގެ ތިޖޫރި ފަޅާލަން އުޅުނު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ފަތިހު އަމީނީ މަގުގައި ހުންނަ ވިލާ ޓްރޭޑް ސެންޓަރު 5 ގެ ތެރެއަށް ވަދެ އެތަނުގެ ތިޖޫރި ހަލާކުކޮށްލައިގެން ފައިސާ ވަގަށް ނަގަން މަސައްކަތް ކުރަން އުޅުނު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ހަތަރު މީހުންވެސް ހައްޔަރު ކޮށްފައިވަނީ އެވަގުތު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތް ތެރިވަމުންދިޔަ ފުލުހުނެވެ.

ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހުން ހައްޔަރު ކޮށްފައިވަނީ އެ އޮފީސްގެ ތެރޭގައި ވައްކަން ކުރަން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ. މި މީހުންގެ ތެރެއިން ހަތަރު ވަނަ މީހާ ހައްޔަރުކޮށްފައިވަނީ އެ އޮފީސް ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.

ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެއްގެ  އިތުރުން 35 އަހަރުގެ މީހެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް