ކ. މާލެ
|
17 ޑިސެންބަރ 2017 | އާދީއްތަ 13:00
ހަސަން ލަތީފް އެމްޑީޕީގެ ބައެއް މެމްބަރުންނާއި ބައްދަލުކުރައްވަނީ
ހަސަން ލަތީފް އެމްޑީޕީގެ ބައެއް މެމްބަރުންނާއި ބައްދަލުކުރައްވަނީ
އަބުދުﷲ ނަސީރު އިބްރާހިމް
ހަސަން ލަތީފު
އުމަރު ނަސީރު އެމްޑީޕީއާ ވައިވެސް އެޅުނަ ނުދޭނެ: ހަސަން ލަތީފް
އެމްޑީޕީގެ މެމްބަރުންގެ ފާޑުކިޔުން އުމަރަށް ވަނީ އަމާޒުވެފައި
ގާސިމް ވަނީ އުމަރުގެ ދިފާއުގައި ބަސް ވިދާޅުވެފައި
އިދިކޮޅު ބައެއް މެމްބަރުން ބުނަނީ އުމަރުގެ ވަކި އެޖެންޑާއެއް އެބައޮތް ކަމަށް

އެމްޑީޕީ މެމްބަރުން، އެޕާޓީ ހަލާކުކޮށްލަން އުމަރު ނަސީރު އެމްޑީޕީއާއި ވައިވެސް އެޅުނަ ނުދޭނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ހެނދުނު ހަސަން މިހެން ވިދާޅުވެ ޓްވީޓްކުރެއްވީ ތޯހާ އަލީ ކިޔާ މީހަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ. ތޯހާ އަލީ ބުނެފައިވަނީ "ޗެއަރޕަރސަން ކައިރީ ބުނަން އޮތީ، ވަރަށް ވިސްނައިގެން، ލޯ ހުޅުވައިގެން، ކަންފަތްވެސް ހުޅުވައިގެން ހުންނަވައްޗޭ. މިހާރު ކޯލިޝަނުން ކަންތައް ކުރާ ގޮތް ވަރަށް ގާތުން ބަލައްޗޭ. ހަރުގަނޑަކީ ވަރަށް ބޮޑު ވައިރަސްއެއް. ރައީސް ނަޝީދަށް ދޯކާ ދޭން ފުރުސަތު ދީގެން ނުވާނެ" ކަމަށެވެ.

އެއަށް ރައްދު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީ މެމްބަރުން، އެޕާޓީ ހަލާކުކޮށްލަން އުމަރު ނަސީރު އެމްޑީޕީއާ ވައިވެސް އެޅުނަ ނުދޭނެކަމަށެވެ. އަދި އެކަން ވަރަށް ސާފުކަމަށެވެ.

ހަސަން ލަތީފު ވަނީ އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމުން އެންމެ ފުރަތަމަވެސް އެކަމަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޖޭޕީގެ ޓިކެޓް ޤާސިމް އިބްރާހިމަށް ލިބިވަޑައިނުގަންނަވާނަމަ، އެޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައި، އުމަރު ނަސީރު ޖޭޕީއަށް ގުޅިވަޑައިގަންނަވަން ނިންމެވުމުން، އެޕާޓީގެ އަސާސީ ޤަވާޢީދު ބެއްލެވިންތޯ ހަސަން ލަތީފުވަނީ އުމަރު ނަސީރާއި ސުވާލުކުރައްވާފައެވެ. އަދި ޖޭޕީގެ ރިޔާސީ ޓިކެޓަކީ އެޕާޓީގެ އަސާސީ ޤަވާޢިދުން، އެޕާޓީގެ ލީޑަރަށް ލިބޭ އެއްޗެއްކަން ފާހަގަކުރެއްވިއެވެ.

އުމަރު ނަސީރު ޖޭޕީއާއި ގުޅިވަޑައިގަތުމުން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
17 ޑިސެންބަރ 2017 | އާދީއްތަ 17:44
ހަސަން
ޖުމްހޫރީ ޕާޓީ (ޖޭޕީ) އަކީ ހުރިހާ ރައްޔިތުންގެ ޕާޓީއެއްކަމަށާއި އެޕާޓީއަށް ގުޅުމުގެ ފުރުޞަތު ހުރިހާ ރައްޔިތުންނަށް އޮންނާނެކަމަށާއި އަދި އެޕާޓީއާ ދާދިފަހުން ގުޅިވަޑައިގަތް، އުމަރު ނަޞީރާމެދު ނަފުރަތުގެ ބަހެއް ނުބުނުމަށް، އެޕާޓީގެ ލީޑަރު، ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
17 ޑިސެންބަރ 2017 | އާދީއްތަ 17:10
ހ މ ޒ
ޑިމޮކްރަސީގެ އުސޫލު ތަކާއި ޚިލާފު ކަމެކެވެ.