ކ. މާލެ
|
17 ޑިސެންބަރ 2017 | އާދީއްތަ 04:33
ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތި
ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތި
މުހައްމަދު ޝަރުހާން
ރާއްޖޭގެ މޫސުން
ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލަރޓް ނެރެފި
ވައިޓް އެލަރޓް ނެރެފައިވަނީ މާލެއިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް
ވައިޓް އެލަރޓްގެ މުއްދަތަކީ މިރޭ ފަތިހު 4:00 އިން ހެނދުނު 10:00އަށް
އިއްޔެވެސް 2 ވައިޓް އެލަރޓް ނެރުނު

މާލެއިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ސަމާލުވެ ތިބުމަށް އަންގައި، ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އާދިއްތަ ދުވަހުގެ ފަތިހު ނެރުނު ވައިޓް އެލަރޓްގައިވާ ގޮތުން ފަތިހު 4:00އިން ފެށިގެން އާދިއްތަ ދުވަހުގެ ހެނދުނު 10:00އާއި ދެމެދު މާލެއާއި އައްޑުއާއި ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް މިސަރަހައްދަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެ މަތީގައި އުފެދިފައިވާ ބޯ ވިލާތައް ފެންނަ ސެޓެލައިޓް ފޮޓޯއެއް

ހޮނިހިރު ދުވަހުގެ ފަތިހުވެސް ރ. އަތޮޅުން ފެށިގެން ދެކުނަށް ވައިޓް އެލަރޓް ނެރުނުއިރު، ހޮނިހިރު ދުވަހުގެ ހަވީރު ލ. އަތޮޅުން ފެށިގެން އުތުރަށް ވައިޓް އެލަރޓް ނެރުނެވެ. މީގެ 2 ހަފްތާކުރިން އިންޑިއާ ކަނޑުގެ ސަރަހައްދަށް އެރި ތޫފާން އޮކިއަށްފަހު އަނެއްކާވެސް މިސަރަހައްދުގެ މޫސުން ވަނީ ކޮންމެވެސް ވަރަކަށް ގޯސްވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް