ކ. މާލެ
|
17 ޑިސެންބަރ 2017 | އާދީއްތަ 01:29
މާލޭގައި މީގެ ކުރިން ހިނގާފައިވާ އެކްސިޑެންޓެއް
މާލޭގައި މީގެ ކުރިން ހިނގާފައިވާ އެކްސިޑެންޓެއް
ރާއްޖެއެމްވީ
އެކްސިޑެންޓެއް ހިނގުން
މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓުގައި ދެ މީހަކަށް ވަނީ އަނިޔާވެފައި

މާލޭ، ބޮޑުތަކުރުފާނު މަގު ޓޯވ ޔާޑު ކުރިމަތިން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހޮނިހިރު ދުވަހުގެ ރޭ 23.28 ހާއިރު ޓޯވ ޔާޑް ކުރިމަތިން އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޓޯވ ޔާޑް ކައިރި ސްޕީޑް ބްރޭކަރު މަތިން އޮފް ބެލެންސްވެ، ކަހާލައިގެން ވެއްޓުނު ވަގުތު ފަހަތުން އައި ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ކަހާލައިގެން ވެއްޓުނު ސައިކަލުގައި ތިބި ދެ މީހުންނަށެވެ. މި ދެ މީހުންނަށް ވެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 40 މިނެޓު ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް