ކ. މާލެ
|
16 ޑިސެންބަރ 2017 | ހޮނިހިރު 21:30
އިހަވަންދޫގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން
އިހަވަންދޫގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން
މުރުޝިދް އަބްދުލް ހަކީީމް
މަސްވެރިން
އިހަވަންދޫގައި މަސްވެރިން މުޒާހަރާ ކުރަނީ
މަސްވެރިނަށް ހުރި ދަތިތައް ފިލުވައިނުދޭތީ މުޒާހަރާގެ ބައިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުން
ފުލުހުން ގެންދަނީ މުޒާހަރާގެ ބައިވެރިން ދުރަށް ޖެއްސުމަށް މަސައްކަތް ކުރަމުން
މަސްވެރިންގެ ދުވަހެއް އިހަވަންދޫގައި ފާހަގަ ކުރުމަށް ލަދުގަންނަން ޖެހޭނެ: މެންބަރު މުހައްމަދު އަބްދުﷲ

ހއ. އިހަވަންދޫގައި މަސްވެރިން އެރަށުގައި މުޒާހަރާކުރަން ފަށައިފިއެވެ.

އެރަށުގައި މަސްވެރިން މިރޭ މުޒާހަރާ ކުރަމުންދާއިރު މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ބާއްވާ ހާއްސަ ރަސްމިޔާތު މިރޭ އެރަށުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެރަށުގައި ގިނަ އަދަދެއްގެ މީހުން ނިކުމެ މުޒާހަރާ ކުރަމުން ދަނީ މަސްވެރިންނަށް ހުރި ދަތިތައް ސަރުކާރުން ފިލުވައިނުދޭ ކަމަށް ބުނެއެވެ. އަދި މުޒާހަރާ ކުރަމުންދާ ސަރައްދުގައި އެކަން ހުއްޓުވުމަށް ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން އެބަދެއެވެ.

މި މުޒާހަރާގެ ތެރޭގައި ހުންނެވި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވީ އެރަށުގެ މަސްވެރިންނަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށާއި މަސްވެރިންގެ ދުވަހެއް އެރަށުގައި ފާހަގަ ކުރުމަށް ލަދުގަންނަން ޖެހޭނެ ކަމަށެވެ. އަދި އެރަށުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަމުންދަނީ މަސްވެރިންނަށް ދައުވަތު ނުދީ ކަމަށާއި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި މަސްވެރިންނަށް އެމީހުންގެ ޝުއޫރު ފާޅު ކުރުމަށް ވެސް ފުރުސަތު ނުދޭ ކަމަށެވެ. މަސްވެރިން ވެސް ވަނީ މަސްވެރިންގެ ދުވަހުގެ ޖަލްސާއަށް ދިއުމަށް ފުރުސަތު ނުދޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާއިރު ވޭތުވި ހަތަރު އަހަރަކީ މަސްވެރިންނަށް އެންމެ ހިތްދަތިކަން ލިބުނު ހަތަރު އަހަރު ކަމަށް ވެސް  މެންބަރު މުހައްމަދު އަބްދުﷲ ވިދާޅުވިއެވެ.

އިހަވަންދޫ ރަށު ކައުންސިލުން ބުނީ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެރަށަށް ވަޑައިގަންނަވާތީ ކައުންސިލުންވީ ތައްޔާރުވެފައި ވަނިކޮށް އެކަމަށް ނުބައްލަވައި މިނިސްޓަރު ކަންކަން ކުރެއްވީ އެރަށުގެ އެހެން ބަޔަކު އެދުނު ގޮތަށް ކަމަށެވެ.

މުޒާހަރާ ތެރޭގައި މަސްވެރިންގެ ކަންބޮޑުވުން ފާޅުކޮށް ލިޔެފައިވާ ބައެއް ލިޔުންތަކުގައި ޗައިނާއަށް މަސްކަނޑުތައް ދޫކޮށްލަން އުޅޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ޗައިނާ ބަހުން ލިޔެފައިވާ ލިޔުންތަކެއް ވެސް މުޒާހަރާގެ ތެރޭގައި ގެންގުޅެފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް