ކ. މާލެ
|
16 ޑިސެންބަރ 2017 | ހޮނިހިރު 15:27
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ
އަޒުމޫން އަހުމަދު
ޓެކްސް ފައިސާ ދެއްކުން
އަމިއްލަ ދެ ކުންފުންޏަކުން މީރާ އަށް ޓެކްސް ފައިސާގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޭން ޖެހިއްޖެ
ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު
ޖޫރިމަނާކޮށްފައި ވަނީ ޓީއެލްއެމް ޕްރައިވެޓް ލިމިޓެޑާއި އަޒިމުތު ޕްރައިވެޓް ލިމިޓެޑް

އަމިއްލަ ދެ ކުންފުންޏަކުން މީރާ އަށް ޓެކްސް ފައިސާގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޭންޖެހިއްޖެއެވެ.

މީރާއަށް ޓެކްސް ފައިސާ ދައްކަން ޖެހުނު ދެ ކުންފުންޏަކީ ޓީއެލްއެމް ޕްރައިވެޓް ލިމިޓެޑާއި އަޒިމުތު ޕްރައިވެޓް ލިމިޓެޑެވެ. އެގޮތުން ޓީއެލްއެމް އިން މީރާއަށް ގާތްގަނޑަކަށް 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭންޖެހޭ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ސިވިލް ކޯޓުން މި މައްސަލައާ ގުޅިގެން ކުރި ހުކުމްގައި ބުނެފައި ވަނީ ޓޫރިޒަމްގެ ދާއިރާއިން މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް އާއި ޖޫރިމަނާގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ 98،492 އެމެރިކާ ޑޮލަރު ނުވަތަ 1.5 މިލިއަން ދިވެހި ރުފިޔާ އާއި ޖޫރިމަނާގެ ގޮތުގައި 43،000ރ. ޓީއެލްއެމް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހި ދައުލަތަށް ދައްކަންޖެހޭ ކަމަށެވެ.

އެގޮތުން 14 ޑިސެމްބަރުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދައްކާ ހަލާސްކުރަންޖެހޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމްގައި ވެއެވެ.

މީގެ އިތުރުން މުދަލާއި ހިދުމަތުގެ އަގުން ނެގާ ޓެކްސް އާއި ޖޫރިމަނާގެ ގޮތުގައި އަޒިމުތު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހި ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ 409576ރ. ދެއްކުމަށް ވެސް ސިވިލް ކޯޓުން ވަނީ އެކުންފުންޏަށް އަންގާފައެވެ.

އެގޮތުން ޑިސެމްބަރު 14 އިން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓުން ވަނީ މީރާއަށް ދެއްކުމަށް އަޒިމުތު ޕްރައިވެޓް ލިމިޓެޑަށް އަންގާފައެވެ.

މިދެ ކުންފުނިން ޖޫރިމަނާކޮށްފައިވާ އިރު މީގެ ކުރިން ވެސް އެކި ކުންފުނިތައް ޓެކްސް ނުދައްކާ މައްސަލައި މީރާއިން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް