ކ. މާލެ
|
16 ޑިސެންބަރ 2017 | ހޮނިހިރު 12:35
ފިޝަރީސް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ މަސްވެރިންނާ ބައްދަލުކުރައްވައިފި
ފިޝަރީސް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ މަސްވެރިންނާ ބައްދަލުކުރައްވައިފި
ޓްވިޓަރ
މަސްވެރިންގެ ދުވަސް
ފިޝަރީޒް މިނިސްޓަރު މަސްވެރިންނާ ބައްދަލުކުރައްވައިފި
މަސްވެރިންގެ ދުވަހަކީ 10 ވަނަ ދުވަސް
މިއީ 37 ވަނަ މަސްވެރިންގެ ދުވަސް
މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރީ ގއ.ގެމަނަފުށިގައި

ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ މަސްވެރިންނާ ބައްދަލުކުރައްވައިފި އެވެ.

ފިޝަރީސް މިނިސްޓަރު ރާއްޖޭގެ މަސްވެރިންނާ ބައްދަލުކުރައްވާފައިވަނީ، ހއ. އިހަވަންދޫއަށް ކުރެއްވި ދަތުރުފުޅުގަ އެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ހއ. އިހަވަންދޫގަ އެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ވަނަ ދުވަސް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ އިރު މިއީ މަސްވެރިންގެ ދުވަސް ފާހަގަކުރާތާ 37 ވަނަ އަހަރެވެ. މީގެ އިތުރުން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެފަ އެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޮނިހިރު ދުވަހުގެ ރޭގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާ އިރު މަސްވެރިންގެ ދުވަހާއި ގުޅިގެން ހާއްސަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.

އިހަވަންދޫގައި މަސްވެރިންގެ ދުވަސް ފާހަގަކުރަމަށް ނިންމާފައިވާ އިރު މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަަގަކޮށްފައިވަނީ ގއ. ގެމަނަފުށީގަ އެވެ. މަސްވެރިކަން ކުރިއެރުވުމަށްޓަކައި މަސްވެރިކަމުގެ ދުވަސް ފާހަގަކުރަނީ އެކި އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގަ އެވެ.

މިދިޔަ އަހަރު ގެމަނަފުށީގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ބައިވެރިވަޑައިގެންފަ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 36 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް