ކ. މާލެ
|
15 ޑިސެންބަރ 2017 | ހުކުރު 22:46
ބިންހެލުން އައި ސަރަހައްދު
ބިންހެލުން އައި ސަރަހައްދު
ގޫގުލް
ޖާވާއަށް އައި ބިންހެލުން
ޖާވާއަށް ބިންހެލުމެއް އައި ނަމަވެސް ރާއްޖެއަށް ނުރައްކަލެއް ނެތް: މެޓް އޮފީސް
މި ބިންހެލުން އައިސްފައިވަނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:47 ގައި

އިންޑޮނޭޝިއާގެ ޖާވާއަށް ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި އައި ބާރުގަދަ ބިންހެލުމުގެ ނުރައްކަލެއް ރާއްޖެއަށް ނެތްކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ކުރި ޓްވީޓެއްގައި ވަނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:47 ގައި އިންޑޮނޭޝިއާގެ ޖާވާއަށް އައި ބިންހެލުމުގެ ސަބަބުން އެއްވެސް ނުރައްކަލެއް ރާއްޖެއަށް ނެތްކަމަށެވެ.

މި ބިންހެލުން އައިސްފައިވަނީ ރާއްޖެއާ 4066 ކިލޯމީޓަރު ދުރަށް ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މި ބިންހެލުން އައިސްފައިވަނީ 6.6 މެގްނިޓިއުޑް ބާރުމިނުގައެވެ. މި ބިންހެލުން އައިސްފައިވަނީ ކަނޑުގެ 57 މޭލު އަޑިއަށް ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ހާމަކުރެއެވެ. މި ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރެއް ދީފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ޝާން އަނީސް
- ކޮމެންޓް