ކ. މާލެ
|
15 ޑިސެންބަރ 2017 | ހުކުރު 22:52
ގެނބިގެން މަރުވި ޒުވާނާ
ގެނބިގެން މަރުވި ޒުވާނާ
ފޭސްބުކް
ގެނބިގެން މަރުވުން
ނޮޅިވަރަމްގެ ޒުވާނަކު ގެނބިގެން މަރުވެއްޖެ
އެ ޒުވާނާ މަރުވެފައިވަނީ ކުޅުދުއްފުށި ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް

ހދ. ނޮޅިވަރަމްގައި ޒުވާނަކު ގެނބިގެން މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ އެ ރަށު ހިތަށްފިނިވާގޭ އުމުރުން 21 އަހަރުގެ އަހުމަދު މުހައްމަދު ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތުވަނީ ލިބިފައިވެއެވެ.

އެމްއެންޑީއެފްއިން ބުނީ ހުކުރު ދުވަހުގެ ހަވީރު 5:00 ހާއިރު ނޮޅިވަރަމް ކައިރިން މަހަށް ގޮސް އުޅުނު ދޯންޏަކުން މޫދަށް އެރި އުޅެނިކޮށް ޒުވާނަކު ގެނބިގެން ރިޕޯޓުކުރުމާއެކު އެ ސަރަހައްދުންދިޔަ ކޯސްޓްގާޑް ލޯންޗަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެމީހުން އެހީތެރިކަމަށް އެދުނީ އެ ޒުވާނާ އަވަހަށް ހޮސްޕިޓަލްއަށް ގެންދިޔުމަށް ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ.

އެ ދޯނީގައި ތިބި މީހުންނާ ހަވާލާދީ އެމްއެންޑީއެފްއިން ބުނީ އޭނާ ގެނބުނީ އެންހިފަން މޫދަށްއެރި އުޅެނިކޮށް ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ މަރުވެފައިވަނީ ކުޅުދުއްފުށި ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. ކުޅުދުއްފުށި ހޮސްޕިޓަލްގެ ބަހެއް މިކަމުގައި ލިބިފައި ނުވާތީ މިކަން ކަށަވަރު ކުރެވޭ ގޮތްވަނީ ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ޝާން އަނީސް
- ކޮމެންޓް