ކ. މާލެ
|
15 ޑިސެންބަރ 2017 | ހުކުރު 21:03
ކުޅުދުއްފުށި މިސްކިތަށް ލިބިފައިވާ ބައެއް ގެއްލުން
ކުޅުދުއްފުށި މިސްކިތަށް ލިބިފައިވާ ބައެއް ގެއްލުން
ކުޅުދުއްފުށި އޮންލައިން
ހދ ކުޅުދުއްފުށި
ހޮނު އެޅުމުން ލިބޭފަދަ ގެއްލުންތަކެއް ކުޅުދުއްފުށި ހުކުރު މިސްކިތަށް ލިބިއްޖެ
މި ހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮއްސި 6.20 ހާއިރު

ހދ. ކުޅުދުއްފުށި ހުކުރު މިސްކިތަށް ހޮނު އެޅުމުން ލިބޭފަދަ ގެއްލުންތަކެއް ލިބިއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުލްލަތީފް ހަސަން ވިދާޅުވީ ހުކުރު ދުވަހުގެ އިރުއޮއްސި 6.20 ހާއިރު ބޯކޮށް ވާރޭވެހި ގުގުރާ ހޮނު އެޅުމުން ލިބޭފަދަ ގެއްލުންތަކެއް އެ ރަށުގެ އެންމެ ބޮޑު މިސްކިތަށް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް ހޮނު އެޅިކަން ޔަގީންކޮށް ބުނަން ނޭނގޭކަމަށް އަބްދުލްލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިސްކިތުގެ ކަރަންޓު ވިޔުގަ އެއްކޮށް ހަލާކުވެފައިވާ ކަމަށާއި ފަންކާތަކާއި ބޮކިތަކުގެ އިތުރުން ސޮކެޓްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. ހަމައެހެންމެ މުށި ގަނޑެއް ވިއްސައިގެން ގޮސް މިސްކިތުގެ މުދިމުގެ މޫނުން ބައެއް ކަފައިގެން ގޮސްފައިވާ ކަމަށާއި މިސްކިތުގައި އެވަގުތު ތިބި މީހުންނަށް އެކިވަރުގެ ގެއްލުންވެސް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިސްކިތަށް ލިބިފައިވަނީ އަދަދު ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ކަމަށެވެ. މި ހާދިސާގެ ސަބަބުން ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުވެސް ކެނޑިފައިވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ޝާން އަނީސް
- ކޮމެންޓް