ކ. މާލެ
|
15 ޑިސެންބަރ 2017 | ހުކުރު 14:31
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
އޭއެފްޕީ
ޗައިނާ - ރާއްޖެ
ޗައިނާއާ އެކު ހެދި ވިޔަފާރީގެ އެއްބަސްވުން މުރާޖާކުރަން އާ ސަރުކާރަކަށް މަޖުބޫރުވާނެ: ރައީސް ނަޝީދު
ޗައިނާއާ އެކު ހެދި އެއްބަސްވުން މަޖިލިސް ތެރެއިން ނިންމާލީ އަވަސް އަރުވާލައިގެން
އެއްބަސްވުމުގެ ހުރިހާ ފޮނި މީރު ކަމެއް ލިބެނީ ޗައިނާ އަށް
ޗައިނާއާ އެކު 12 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި

ޗައިނާއާ އެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުން މުރާޖާކުރަން އާ ސަރުކާރަށް މަޖުބޫރުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާއާ އެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުން މަޖިލިސް ތެރެއިން ނިންމާލީ ވަރަށް އަވަސް އަރުވާލައިގެން ކަމަށާއި، އަލަށް އިންތިހާބުވާ ސަރުކާރަށް އެ އެއްބަސްވުން އަލުން މުރާޖާކުރަން މަޖުބޫރުވާނެ ކަމަށެވެ.

ރައީސް ނަޝީދު މީގެ ކުރިން ޔޫޓިއުބްގައި އާންމުކުރެއްވި އޯޑިއޯ މެސެޖެއްގައި ވިދާޅުވީ، ރާއްޖެ އާއި ޗައިނާއާ ދެމެދު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުން، އިނގިރޭސީންގެ ހިމާޔަތަށް ދިއުމަށް ދިވެހިން ވި އެއްބަސްވުމާ އެއްގޮތްވާ ކަމަށާއި، އެ އެއްބަސްވުމަކީ ދިވެހިންނަށް ފައިދާއެއް ނުލިބި، އެއްބަސްވުމުގެ ހުރިހާ ފޮނި މީރު ކަމެއް ޗައިނާއަށް ލިބޭ އެއްބަސްވުމެއް ކަމަށެވެ.

 

ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ މި އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއިކޮށްފައި ވަނީ މިދިޔަ ހަފްތާގައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސައީދެވެ.

މިދިޔަ ހަފްތާގައި ރައީސް ޔާމީން ވަނީ ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެ ގައުމާ ގުޅުން ބަދަހިކުރުމުގެ ގޮތުން 12 އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ.  

މި އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރި އާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާ އިން ދެޤައުމުގެ ގުޅުން އިތުރަށް ފުޅާ ކުރުމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯދުމާއި، މިނޫން ވެސް ބައެއް އެއްބަސްވުންތައް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
15 ޑިސެންބަރ 2017 | ހުކުރު 16:31
ވޯޅާ
އިންޑިޔާގެ ހެޔޮދުއާސަލާމާއެކީދޯ އުޅެންވާނީ؟