ކ. މާލެ
|
15 ޑިސެންބަރ 2017 | ހުކުރު 12:37
އިމްތިޔާޒު ފަހުމީ. ފައިލް
އިމްތިޔާޒު ފަހުމީ. ފައިލް
ރާއްޖެއެމްވީ
އިމްތިޔާޒު ފަހުމީ
މިހާރު ނެރޭ ކޯޓު އަމުރުތަކާ މެދު ވިސްނާ މީހެއްގެ ސިކުނޑި ދާނީ ސުމަކަށް: އިންތި
މިހާރު މި ފެންނަނީ ހެއްވާ ސަރުކާރަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް ކަމަށް ވިދާޅުވި
ދައުލަތަކަށް ވުރެ ބޮޑަށް ފެންނަނީ ޖަރީމާތައް ހިންގަމުންދާތަން

މިހާރު ކޯޓުތަކުން ނެރޭ އަމުރުތަކާ މެދު ވިސްނާ މީހެއްގެ ސިނކުނޑި ދާނީ ސުމަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މާލޭ ވިލިގިނލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކޮށްފައިވާ ހުކުމަށް މުޅި ދުނިޔެ މަލާމާތް ކުރާ ކަމަށެވެ. ޝެއިޚް އިމްރާން އަބްދުﷲ އާއި ކާނަލް މުހައްމަދު ނާޒިމް އަދި ގާސިމް އިބްރާހީމަށް ހުކުމް ކޮށްފައި ވަނީ ބޭއިންސާފުން ކަމަށް އިންތި ވިދާޅުވިއެވެ. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ ބައްޕަ އަނިޔާވެރިކަމާ ދެކޮޅަށް ދުއާ ކުރަން ހުއްޓާ ހައްޔަރުކުރީ ކޯޓުން ނެރުނު އަމުރަކުން ކަމަށާއި އެ އަމުރުގައި ބުނެފައި ވަނީ ލައިސަންސް ނެތި ވިޔަފާރިކުރުމާއި ރާއްޖެއަށް އެއްޗެހި އިންޕޯޓުކުރަން އުޅުން ކަމަށެވެ. އިންތި ވަނީ މިސްކިތްތެރޭގައި ދުއާ ކުރުން އެއީ ވިޔަފާރި ކުރުން ނުވަތަ އެއްޗެހި އިމްޕޯޓުކުރުންތޯ ސުވާލު ކުރައްވާފައެވެ.

ހޯމް މިނިސްޓަރުގެ ހުއްދަ ނެތި ކައުންސިލްތަކަށް ބޭރުގެ ފަރާތްތަކާއި ބައްދަލު ނުކުރެވޭ ގޮތަށް ސާކިއުލާއެއް ނެރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

"ބޮޑު ސިންގާ ގަރާރެއް ނެރުއްވާފައި ވިދާޅުވަނީ އެއްވެސް ކައުންސިލަރަކަށް ބޭރުގެ އެއްވެސް ޑިޕްލޮމެޓަކާ ބައްދަލުކޮށްގެން ނުވާނެއޭ ނުވަތަ އެއްވެސް އެންޖީއޯއެއްގެ ފަރާތަކާއި ބައްދަލުކޮށްގެން ނުވާނެއޭ. ބުއްދީގެ ކަންފުޅެއް ވެސް އެބަ ހުރިތޯ މިކަހަލަ އަމުރުތައް ނެރޭއިރުގައި،" އިންތި ވިދާޅުވިއެވެ.

މިހާރު ދައުލަތަކަށްވުރެ ބޮޑަށް ފެންނަނީ ޖަރީމާތަކާއި، ވައްކަމާއި، ބޭއިންސާފުން ޝާރީއަތްކޮށް މިދައުލަތަކީ ހެއްވާ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް ކަމަށް އިންތި ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް