ކ. މާލެ
|
15 ޑިސެންބަރ 2017 | ހުކުރު 05:41
އެމިލް އެރަނގަގެ މާލެ އައުން
އެމިލް އެރަނގަގެ މާލެ އައުން
މުހައްމަދު ޝަރުހާން
ރާއްޖެޓީވީ ނައިޓް
ރާއްޖެޓީވީ ނައިޓްގައި ބައިވެރިވުމަށް ލަންކާގެ ޖާދޫގަރު މާލެ އަތުވެއްޖެ
އެމިލް އެރަނގަ ވަނީ 4 ފަހަރެއްގެ މަތިން ރާއްޖޭގައި ޖާދޫ ދަސްކޮށްދިނުމުގެ ކޯސްތައް ހިންގާފައި

ހުކުރު ދުވަހުގެ ރޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި އޮންނަ ރާއްޖެޓީވީ ނައިޓްގައި ބައިވެރިވުމަށް ސްރީލަންކާގެ މަޝްހޫރު ޖާދޫގަރު އެމިލް އެރަނގަގެ މާލެ އައިސްފިއެވެ.

ރާއްޖެ ޓީވީ ނައިޓްގެ ނަމުގައި ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ބާއްވާ ޝޯގައި އެމިލް އެރަނގަގެ އެނާގެ ޖާދޫގެ މޮޅެތި ހުނަރުތައް ދައްކާލާނެއެވެ. އޭނާ މާލެ އައިސްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްއިން މަރުހަބާ ކިޔާފައިވަނީ ރާއްޖެޓީވީގެ އެކްސްކޯގެ މެމްބަރުންނެވެ.

މި ޝޯގައި ޕާރފޯމް ކުރުމުގެ އިތުރަށް އަންނަ ހޮނިހިރު ދުވަހުގެ ހަވީރު އަލިމަސް ކާނިވާ ސަރަހައްދުގައި ހުންނަ ނޮވެލް ރެސްޓޯރަންޓުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން އޭނާގެ ޖާދޫގެ ހަރަކާތްތަށް ދައްކާލުމަށް ހަވީރެއް ބޭއްވުމަށް ވެސް ރާއްޖެޓީވީއިން ވަނީ ނިންމާފައެވެ. މި ހަރަކާތުގެ ދަށުން ޖާދޫ ހަދާނެ ފަސޭހަ ގޮތްތައް ކުޑަކުދިންނަށް އޭނާ ދަސްކޮށްދޭނެ ކަމަށާއި ރެސްޓޯރެންޓުގެ މޭޒުތައް ކައިރިއަށް ގޮސް ވަކިވަކިންވެސް އޭނާ ޖާދޫ ހަދާނެކަމަށް ރާއްޖެޓީވީއިން ބުނެއެވެ.

އެމިލް އެރަނގަ ވަނީ 4 ފަހަރެއްގެ މަތިން ރާއްޖޭގައި ޖާދޫ ދަސްކޮށްދިނުމުގެ ކޯސްތައް ހިންގައިދީ، އޮލިމްޕަސްގައި ޖާދޫގެ ޝޯއެއްވެސް ހުށަހަޅައިދީފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް