ކ. މާލެ
|
15 ޑިސެންބަރ 2017 | ހުކުރު 05:38
ގާސިމް އިބްރާހިމް: އެދިވަޑައިގަންނަވަނީ އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވުމަށް އެދި ދުއާ ކޮށްދެއްވަން
ގާސިމް އިބްރާހިމް: އެދިވަޑައިގަންނަވަނީ އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވުމަށް އެދި ދުއާ ކޮށްދެއްވަން
މުހައްމަދު ޝަރުހާން
ގާސިމް އިބުރާހިމް
ގާސިމްގެ އާދޭސް: މި އަނިޔާއިން ސަލާމަތްވުމަށް ހުރިހާ ބޭފުޅުން ދުއާ ކޮށްދެއްވާ
ފާރިސް ބަންދުގައި ބަހައްޓާފައި ހުންނަނީ ކުށަކާނުލާ ކަމަށް ވިދާޅުވި
ފާރިސް އަށް ދެމުންދަނީ ބޮޑު އަނިޔާއެއް ކަމަށް ވިދާޅުވި

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު ކުށަކާނުލާ ބަންދުގައި ބެހެއްޓެމަކީ ދެމުންދާ ބޮޑު އަނިޔާއެއް ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ގާސިމް ބުރާސްފަތި ދުވަހު ކުރެއްވި ޓޫވީޓެއްގައި ވިދާޅުވެފައިވަނީ ފާރިސް ޖަލުގައި ބަހައްޓާފައިވަނީ ކުށަކާ ނުލައި ބޭ އިންސާފުން ކަމަށެވެ. އަދި ވިދާޅުވެފައިވަނީ ފާރިސް ބަންދުގައި ހުންނަވާތާ 150 ދުވަސްވެފައިވާއިރު އެއީ ދެމުންދާ ބޮޑު އަނިޔާއެއް ކަމަށާއި މި އަނިޔާއިން ސަލާމަތްކޮށްދެއްވުން އެދި ހުރިހާ ބޭފުޅުން ދުއާ ކޮށްދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

ރިޝްވަތު ހުށަހެޅުމުގެ ކުށުގައި ޖަލު ހުކުމެއް އައިސްފައިވާ ގާސިމް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފަހުން ކަންބޮޑުވުމެއް ފާޅު ކުރައްވައި، ޓުވީޓް ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ. ގާސިމް މި ވަގުތު ޖަރުމަނުވިލާތުގައި ހުންނެވިއިރު އެމަނިކުފާނު ބޭސްފަރުވާއަައް ފޮނުވާފައިވަނީ ސިންގަޕޫރަށެވެ. ނަމަވެސް ވަކި ހިސާބަކުން ގާސިމް ސިންގަޕާރުން ޖަރުމަނަށް ވަޑައިގެންނެވީ ޖަރުމަނުގެ ހާއްސަ ހުއްދައަކާއެކު އެވެ. އެކަމާ ގުޅިގެން ސަރުކާރުން ބުނަމުންދަނީ ގާސިމް މިހާރު ރާއްޖެއިން ބޭރުގައި އެ ހުންނެވީ ގަވައިދާ ހިލާފަށް ކަމަށެވެ.

ފާރިސް ބަންދުގައި ބަހައްޓާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށައެޅުއްވި ކަމަށް ތުހްމަތު ކުރެވޭ މައްސަަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ. އަދި އޭނާ ބަންދުގައި ބަހައްޓަން ކޮށްފައިވާ އަމުރު ބާތިލް ކުރުމަށް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު މިހާތަނަށް ވެސް އެ މައްސަލައިގަ ހުކުމެއް ކޮށްފައިނުވެ އެވެ.

ގާސިމް އިބްރާހިމްގެ އިތުރުން ސިޔާސީ އެހެން ބޭފުޅުން ވެސް ވަނީ ފާރިސް ބަންދުގައި ބަހައްޓާފައި ހުންނަތާ 150 ދުވަސްވެފައިވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ގާނޫނީ އެކި ބޭފުޅުންވެސް ވިދާޅުވާ ގޮތުން ފާރިސް ބަންދުގައި ބަހައްޓާފައި ވަނީ ގާނޫނާ ހިލާފަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް