ކ. މާލެ
|
14 ޑިސެންބަރ 2017 | ބުރާސްފަތި 19:07
އިންޑިިއާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ރަވީޝް ކުމާރު
އިންޑިިއާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ރަވީޝް ކުމާރު
އިންޑިއާ.ކޮމް
ފްރީ ޓްރޭޑް އެގްރިމެންޓް
އިންޑިއާގެ ކަންބޮޑުވުންތަކަށް ރާއްޖެއިން ވިސްނާނެކަމަށް އުއްމީދުކުރަން: އިންޑިއާ
އިންޑިއާއަށް އިސްކަން ދޭނެކަމަށް އުއްމީދުކުރަން
ރައީސް ޔާމީނު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް އިންޑިއާއިން މަރުހަބާ ކިޔާ
އެފްޓީއޭއަށް މަޖިލީހުން ރުހުން ދިން ގޮތާއިމެދު ކަންބޮޑުވޭ
އެފްޓީއޭއަށް މަޖިލީހުން ރުހުން ދިން ގޮތާއިމެދު ކަންބޮޑުވޭ

ޗައިނާއާއި ރާއްޖެއާއި ދެމެދު ސޮއެކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން ތަފާތު އަޑުތައް އިވެމުންދާކަމަށާއި، ކަންބޮޑުވާ ރިޕޯޓްތައް ލިބެމުންދާކަމަށް އިންޑިއާގެ ޚާރިޖިއްޔާއިން ބުނެފިއެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާގައި ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޚާރިޖިއްޔާގެ ތަރުޖަމާނު ރަވީޝް ކުމާރު ވިދާޅުވީ މުޅި އެގްރިމެންޓް އިންޑިއާއަށް އަދި ނުފެންނަކަމަށާއި، އެހެންނަމަވެސް އެއްބަސްވުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ކަންތައްކުރި ގޮތާއި މެދު ކަންބޮޑުވާކަމަށެވެ.

ރަވީޝް ކުމާރު ވިދާޅުވީ މިސަރަހައްދުގެ ހަމަޖެހުމަށާއި، ރާއްޖޭގެ ތަރައްޤީއާއި ޑިމޮކްރަސީއަށް އިންޑިއާއިން އަބަދުވެސް އިސްކަންދޭކަމަށެވެ. އަދި އިންޑިއާއިން އަބަދުވެސް ރާއްޖެއާއިއެކު ވާނެކަމަށާއި، ޒަމާންތަކެއް ވަންދަން އަމަލުކުރަމުން އަންނަ  ސިޔާސަތުކަމަށްވާ އިންޑިއާއަށް އިސްކަން ދިނުމުގެ ސިޔާސަތަށް ރާއްޖެއިން އިހްތިރާމްކުރާނެކަމަށްވެސް އިންޑިއާގެ ޚާރިޖިއްޔާއިން ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ދާދިފަހުން ރައީސް އަބްދުﷲ ޔާމިން ޗައިނާއަށް ކުރެއްވި ދަތުރުފުޅާއި ބެހޭ ގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އިންޑިއާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ ރައީސް ޔާމީން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން މިސަރަހައްދުގެ ހަމަޖެހުމަށް ކުރިއެރުމެއް ލިބޭނަމަ، އެފަދަ ދަތުރަކަށް އިންޑިއާއިން މަރުހަބާ ކިޔާނެކަމަށެވެ.

ދާދިފަހުން ޗައިނާ އާއި ރާއްޖެއާއި ދެމެދު ސޮއެކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅިގެން، ދުނިޔޭގެ ސަމާލުކަންވަނީ އެކަމަށް ހުއްޓިފައެވެ. އަދި ހަމައެއާއިއެކު އިންޑިއާގެ އެކި ފަރާތްތަކުންވެސް ދަނީ އެ އެއްބަސްވުމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް