ކ. މާލެ
|
14 ޑިސެންބަރ 2017 | ބުރާސްފަތި 13:50
ގއ. ދާންދޫ ގޯލްޑްލީފް، އުމުރުން 24 އަހަރުގެ ހާރިސް އަބްދުލްޣަފޫރު
ގއ. ދާންދޫ ގޯލްޑްލީފް، އުމުރުން 24 އަހަރުގެ ހާރިސް އަބްދުލްޣަފޫރު
ރާއްޖެ އެމްވީ
މަރުގެ މައްސަލަތައް
ހާރިސް މަރާލި މައްސަލައިގައި މީހެއްގެ މައްޗަށް ދައުވާކޮށްފި
ހާރިސް މަރާލާފައިވަނީ މަސްތުވާތަކެތިން ދުރުވުމަށް ފަރުވާ ހޯދަމުން ދަނިކޮށް
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
ހާރިސް މަރާލާފައިވަނީ ސެޕްޓެމްބަރު 29 ވަނަ ދުވަހުގެ ރޭ

ތުނޫ އެއްޗަކުން ހަމަލާދީގެން، ގއ. ދާންދޫ ގޯލްޑްލީފް، އުމުރުން 24 އަހަރުގެ ހާރިސް އަބްދުލްޣަފޫރު މަރާލި މައްސަލައިގައި މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

ހާރިސްއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ ސެޕްޓެމްބަރު 29 ވަނަ ދުވަހުގެރޭ ހުޅުމާލޭގަ އެވެ.  

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާރިސްގެ މަރުގެ މައްސަލައާ ގުޅިގެން ދައުވާކޮށްފައިވަނީ، ޏ. ފުވައްމުލަކު ހިލްޓަން ޔާމީން ރަޝީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މައްސަލައާ ގުޅިގެން ޔާމީން ރަޝީދު ހައްޔަރުކުރީ އޮކްޓޯބަރު އެއްވަނަ ދުވަހު އެވެ. 

ހާރިސް މަރާލިއިރު އޭނާ ގެންދިޔައީ މަސްތުވާތަކެތިން ދުރުވުމަށް ހުޅުމާލޭ ހާފްވޭހައުސްގައި ފަރުވާ ހޯދަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް