ކ. މާލެ
|
13 ޑިސެންބަރ 2017 | ބުދަ 13:09
މެދުފުށި އައިލެންޑް ރިސޯޓް
މެދުފުށި އައިލެންޑް ރިސޯޓް
ބުކިންގ.ކޮމް
މެދުފުށި ރިސޯޓް
މެދުފުށީގެ ކުލި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 2.6 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ
މީރާއިން ފުރަތަމަ އެދުނީ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 3.4 މިލިއަން ޑޮލަރު ހޯދަން
ތިން މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކައި، ޚަލާސްކުރަން ޖެހޭ
ފަހުން މީރާއިން އެދުނީ ހަމައެކަނި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ ހޯދަން

މެދުފުށި އައިލެންޑް ރިސޯޓުގެ ކުލި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 2.6 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 41 މިލިއަން ރުފިޔާ) ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މެދުފުށި ރިސޯޓު ހިންގާ މެދުފުށި އިންވެސްޓްމަންޓުގެ މައްޗަށް އެ ހުކުމް ކޮށްފައިވަނީ ރިސޯޓް ކުއްޔަށް ދިނުމާ ގުޅޭގޮތުން ހަދާފައިވާ ލީސް އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި އެ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ ހޯދަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ދައުވާ ކުރުމުންނެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައިވާގޮތުގައި، ކުލި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާއަކީ މެދުފުށި އިންވެސްޓްމެންޓުން ދައްކަންޖެހޭ ފައިސާކަން ޝަރީއަތަށް ސާބިތުވެ އެވެ. އެހެންކަމުން ތިން މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި، ޚަލާސް ކުރުމަށް އެ ކުންފުނީގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ މީރާއިން އެދުނީ ކުއްޔާއި ކުލި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާގެ ޖުމްލަ, 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ހޯދުމަށެވެ. އެހެން ނަމަވެސް، ފަހުން މީރާއިން އެދުނީ ހަމައެކަނި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 2.6 މިލިއަން ޑޮލަރު ހޯދާށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް