ކ. މާލެ
|
13 ޑިސެންބަރ 2017 | ބުދަ 09:45
ފިޝަރީޒް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ ހުސައިން ސިނާނު
ފިޝަރީޒް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ ހުސައިން ސިނާނު
ރާއްޖެ އެމްވީ
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ފިޝަރީޒް މިނިސްޓްރީގެ ޕީއެސްގެ މަގާމުން ސިނާނު ވަކިކުރި މައްސަލަ ޓްރައިބިއުނަލުން ނުބެލޭނެ ކަމަށް ނިންމައިފި
ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުންގެ މައްސަލަތައް ޓްރައިބިއުނަލަށް ނުބެލޭ
ސިނާނު ޕީއެސްގެ މަގާމަށް ހަމަޖެއްސީ 2015 ނޮވެމްބަރުގައި
ސިނާނުއަކީ އިސް މަގާމެއްގައި ހުރި މީހެއް ކަމަށް ބަލަންޖެހޭ ކަމަށް ޓްރައިބިއުނަލުން ބުނޭ

ފިޝަރީޒް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ހުސައިން ސިނާނު ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް އެ ޓްރައިބިއުނަލުން ނިންމައިފި އެވެ.

އެއް މަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށް ފަހު ސިނާން މަގާމުން ވަކިކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. 

ފިޝަރީޒް މިނިސްޓްރީއިން ސިނާނު މަގާމުން ވަކިކުރީ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ސިވިލް ސަރވިސް ކޮމިޝަނުން ނެރުނު ސާކިއުލާއަކާ ހަވަލާދީ އެވެ.

ސިނާނުގެ ފަރާތުން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަ ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް ނިންމީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ޓްރައިބިއުނަލުން މައްސަލަ ނުބެލޭނެ ކަމަށް ނިންމާފައިވަނީ، ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުންގެ މައްސަލަތައް ޓްރައިބިއުނަލަށް ނުބެލޭއިރު، ސިނާނަކީ އެފަދަ މަގާމެއްގައި ހުރި މީހެއް ކަމަށް ބުނެ އެވެ.

ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގައި، ހިންގުމުގެ ގޮތުން އިސް މަގާމުތަކުގައި ތިބޭ މީހުންގެ މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުބެލޭނެ އެވެ.

މަގާމުގެ ދަރަޖައިގެ ގޮތުން ޕާމަނަންޓް ސެކްރެޓަރީންގެ މަގާމަކީ ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގެ މަގާމެއްކަން ފާހަގަކޮށް ޓްރައިބިއުނަލުގެ ނިންމުމުގައިވަނީ، ސިނާނަކީ ފިޝަރީޒް މިނިސްޓްރީގެ އިސް މަގާމެއްގައި ހުރި މީހެއް ކަމަށް ބަލަންޖެހޭ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ސިނާނު ހަމަޖައްސާފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް