ކ. މާލެ
|
13 ޑިސެންބަރ 2017 | ބުދަ 08:20
ސަސްޕެންޑު ކޮށްފައިވާ ގާނޫނީ ވަކީލު މަހުފޫޒު ސައީދު
ސަސްޕެންޑު ކޮށްފައިވާ ގާނޫނީ ވަކީލު މަހުފޫޒު ސައީދު
ސިމާހާ ނަސީމް
މަހްފޫޒު ސައީދު
ޖުޑިޝަރީގެ ޚުދުމުހުތާރުކަމާއި ދެކޮޅަށް އަޑުއުފުލުމުގައި އަދިވެސް ދެމިހުންނާނަން: މަހްފޫޒް
އެއްވެސް މީހެއްގެ ބަދަލުގައިވެސް ކޯޓަށް މަހުފޫޒު ބަލައިގަތުން މަނާކޮށްފަ
އުއްތަމަ ފަނޑިޔާރަށް މަހުފޫޒު ގެންދަވަނީ ފާޅުގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން
ޖުޑިޝަރީގެ ހުދުމުހުތާރުކަމާއި ދެކޮޅަށް އަޑުއުފުލުމުގައި އަދިވެސް ދެމިހުންނާނަން

ޖުޑިޝަރީގެ ޚުދުމުހުތާރުކަމާއި ދެކޮޅަށް އަޑުއުފުލުމުގައި އަދިވެސް ދެމިހުންނަވާނެ ކަމަށް ސަސްޕެންޑް ކޮށްފައިވާ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ މަހްފޫޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގައި ހިންގާ ޝަރީއަތްތަކުގެ އަޑުއެހުންތަކަށް މަހްފޫޒް ނުވައްދަން ސުޕްރީމް ކޯޓުން ނިންމިޔަސް އޭނާގެ އަޑު ކަޑުވާ ނުލެވޭނެ ކަމަށާއި ޖުޑިޝަރީގެ ޚުދުމުހުތާރުކަމާއި ދެކޮޅަށް އަޑުއުފުލުމުގައި އަދިވެސް ދެމިހުންނަވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން މިގޮތަށް އަންގާފައިވަނީ އެ ކޯޓުގެ ދަށުން ހިންގާ ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓް (ޑީޖޭޔޫ) މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ކޯޓުތަކަށް ޑިސެމްބަރު 11 ވަނަ ދުވަހު ފޮނުވި މެސެޖެއްގައެވެ.

"ވަރަށް ވަރަށް އަވަސް" ޖަހާފައިވާ އެ މެސެޖުގައިވާ ގޮތުގައި، މަހުފޫޒު ސަސްޕެންޑް ކޮށްފައިވަނީ ގާނޫނީ ވަކީލުންގެ ގަވާއިދާއި ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކުރުމާއި ބެހޭ ގަވާއިދާ ޚިލާފު އަމަލުތައް ތަކުރާރުކޮށް ކުރައްވަމުން ގެންދަވާ މައްސަލަ ތަހުގީގު ކުރަމުންދާތީ، އެ މައްސަލައިގައި ވަކިގޮތެއް ކަނޑައަޅަންދެނެވެ.

އެ މެސެޖު މެދުވެރިކޮށް ސުޕްރީމް ކޯޓުން ވަނީ، ދައުވާލިބޭ ނުވަތަ ދައުވާކުރާ ފަރާތެއްގެ ގޮތުގައި މަހުފޫޒު ހިމެނޭ މައްސަލައެއް ފިޔަވައި، އެހެން އެއްވެސް މައްސަލައެއްގައި ދައުވާކުރާ ނުވަތަ ދައުވާ ލިބޭ އެއްވެސް ފަރާތެއްގެ ބަދަލުގެ ގޮތުގައިވިޔަސް މަހުފޫޒު ކޯޓުތަކަށާއި ޓްރައިބިއުނަލްތަކަށް ބަލައިނުގަތުމަށް އަންގާފައެވެ.

މީގެ އިތުރުން، ޝަރުއީ ކޯޓެއްގައި ހިނގަމުންދާ އެއްވެސް މައްސަލައެއްގެ އަޑުއެހުމަށް ޝަރީއަތުގެ މަޖިލިސްތަކަށް މަހުފޫޒު ނުވައްދަން ވެސް ކޯޓުތަކަށް ވަނީ އަންގާފައެވެ.

ސުޕްރީމް ކޯޓުން މަހުފޫޒާއި ދެކޮޅަށް މިފަދަ ފިޔަވަޅެއް އަޅާފައިމިވަނީ، އެ ކޯޓަށާއި ވަކިން ހާއްސަކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފާޅުގައި މަހުފޫޒު ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ދަނިކޮށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް