ކ. މާލެ
|
13 ޑިސެންބަރ 2017 | ބުދަ 00:14
ރައީސް ޔާމީންގެ ކެމްޕޭން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ހަފްލާގެ ތެރެއިން
ރައީސް ޔާމީންގެ ކެމްޕޭން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ހަފްލާގެ ތެރެއިން
ޓްވިޓަރ
ރައީސް ޔާމީން 2018
ރައީސް ޔާމީންގެ ކެމްޕޭން އޮފީސް ހުޅުވައިފި
ކެމްޕޭން އޮފީސް ހުޅުވާފައި ވަނީ ވެސްޓު ޕާކް ހިންގި ތަނުގައި ހެދި ތިން ބުރީގެ އިމާރާތުގައި
ކެމްޕޭން އޮފީސް ހުޅުވައިދެއްވީ ރައީސް ޔާމީން
މި އޮފީހުގެ ކަންކަމުގައި އިސްކޮށް ހުންނަވަނީ މެޑަމް ފާތުން

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރައީސް އަބްދުﷲ ޔާމީން ކެމްޕޭން އޮފީސް "ރައީސް ޔާމީން 2018" ގެ ނަމުގައި ހުޅުވައިފިއެވެ.

މާފަންނު ވެސްޓު ޕާކު ހުރި ތަނުގައި ހެދި ތިން ބުރީގެ އޮފީސް، "ރައީސް ޔާމީން ކެމްޕެއިން އޮފީސް"ގެ ނަމުގައި ހުޅުއްވައިދެއްވީ އަންގާރަ ދުވަހުގެ ރޭ ބޭއްވި ހަފްލާއެއްގައި ރައީސް އަބްދުﷲ ޔާމީނެވެ. މި ހަފްލާގައި ސަރުކާރުގެ ވަޒީރުންނާއި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ރައީސް ޔާމީންގެ އަނބިކަބަލުން މެޑަމް ފާތިމަތު އިބްރާހިމް ބައިވެރިވަޑައިގެންނެވިއެވެ.

ކެމްޕޭން އޮފީސް ހުޅުވުމަށް ފަހު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރަ އަދްލީ އިސްމާއިލް ވިދާޅުވީ އެ އޮފީހުގެ ކަންމުގައި އިސްކޮށް އުޅުއްވާނީ ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ކަމަށެވެ. އަދި އެ އޮފީހަކީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބްކުރުމަށް ކުރަންޖެހޭ ކަންކަން ރަސްމީކޮށް ކުރުމަށް ހުޅުވި އޮފީހެއް ކަމަށް ކެމްޕޭން ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ އަދްލީ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕީޕީއެމުން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޖަގަހަތަށް ހުޅުވައި ޖަލްސާތައް ބާއްވަމުންނެވެ. އަދި އަތޮޅުތެރޭގައި ރައީސް ޔާމީންގެ ކެމްޕޭން ޖަލްސާތައް އެޕާޓީގެ ފަރާތުން ބާއްވާއިރު، އަންގާރަ ދުވަހު ހުޅުވި ކެމްޕޭން އޮފީހުގައި އަތޮޅުތެރޭގެ ކެމްޕޭންގެ ކަންކަން ބެލެހެއްޓުމަށް ކޮންމެ އަތޮޅަކަށް މޭޒެއް ބަހައްޓާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
13 ޑިސެންބަރ 2017 | ބުދަ 12:34
ހ މ ޒ
ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަން ޖެހެނީ ދީނާއި މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ދެއްތޯ!؟