ކ. މާލެ
|
12 ޑިސެންބަރ 2017 | އަންގާރަ 16:14
އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފައިވާ ހަސަން އަލީ
އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފައިވާ ހަސަން އަލީ
ޓްވިޓަރ
އާސަންދައިގެ އެމްޑީ
އާސަންދަ ކުންފުނީގެ އެމްޑީގެ މަގާމުން ހަސަން އަލީ ވަކިކޮށްފި
މަގާމަށް އައްޔަން ކުރީ މިއަހަރުގެ މެއި މަހު
މަގާމުން ވަކިކުރީ ސަރުކާރުން އެގޮތަށް ބޭނުންވުމުން
އިމިގްރޭޝަން ކޮންޓްރޯލަރު ކަމާއި ހައިކޯޓުގެ ރަޖިސްޓަރާގެ މަގާމު އަދާކުރި

އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ހަސަން އަލީ ވަކިކޮށްފި އެވެ.

ސަރުކާރު ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރުމުގެ ބާރު އޮންނަ ޕްރައިވެޓައިޒޭޝަން ބޯޑުން މައުލޫމާތުދޭ ގޮތުގައި ހަސަން އަލީ މަގާމުން ވަކިކުރީ ސަރުކާރުން އެގޮތަށް ބޭނުންވެގެން ހުށަހެޅުމުންނެވެ.

އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ހަސަން އަލީ އައްޔަންކުރީ މިއަހަރުގެ މެއި 25 ވަނަ ދުވަހު އެވެ.

ހަސަން އެ މަގާމަށް އައްޔަން ކުރީ، އެ މަގާމުގައި ކުރިން ހުންނެވި މައުމޫން އަބްދުއްސަމަދު މަގާމުން ވަކިކޮށް، ހައުސިން މިނިސްޓްރީ އަށް ބަދަލު ކޮށްފައި ވަނިކޮށެވެ.

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރުމުގެ ކުރިން ހަސަން ވަނީ އިމިގްރޭޝަން ކޮންޓްރޯލަރު ކަމާއި ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމުގެ އިތުރުން ހައުސިން މިނިސްޓަރުގެ ނައިބުކަން ވެސް ކުރިން ކުރައްވައިފަ އެވެ. އޭނާ ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމުގައި ހުންނަވަނިކޮށް، އެ މަގާމުން ވަކިކުރީ މިއަހަރުގެ އޭޕްރީލް މަހުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް