ކ. މާލެ
|
11 ޑިސެންބަރ 2017 | ހޯމަ 20:45
ޕޮލިސް ލައިން
ޕޮލިސް ލައިން
މުހައްމަދު ޝަރުހާން
ހުޅުމާލެ އެކްސިޑެންޓް
ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެއްޖެ
އެކްސިޑެންޓް ހިނގާފައިވަނީ ފްލެޓް ނަންބަރު 13 ކައިރިން

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 7 ޖަހާއިރު ކަމަށާއި އެކްސިޑެން ހިނގަން މެދުވެރިވީ ބެޓްރީ ސައިކަލަކާއި މޮޓޯސައިކަލެއް ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ފްލެޓް ނަންބަރު 13 ކައިރިން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މި އެކްސިޑެންޓުގައި އިތުރު މީހަކަށް އަނިޔާވި ކަަމަށް ފުލުހުން ހާމައެއް ނުކުރެއެެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންނެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް