ކ. މާލެ
|
11 ޑިސެންބަރ 2017 | ހޯމަ 17:34
ލާމް ލިންކް ރޯޑް - ފޮނަދޫ އާއި ކައްދޫ ގުޅާލަފައިވާ ކޯސްވޭ
ލާމް ލިންކް ރޯޑް - ފޮނަދޫ އާއި ކައްދޫ ގުޅާލަފައިވާ ކޯސްވޭ
ހައުސިންގް މިނިސްޓްރީ
ލާމް ލިންކް ރޯޑް
ފޮނަދޫއާއި ކައްދޫ ގުޅޭ ކޯސްވޭގައި އެކްސިޑެންޓެއް ހިނގައިފި
އެކްސިޑެންޓް ހިނގާފައި ވަނީ ހޯމަ ދުވަހު މެންދުރު
އެކްސިޑެންޓުގައި ދެ އަންހެނުންނަން ވަނީ އަނިޔާ ލިބިފައި
ސައިކަލް އަދި ޕިކަޕަށް ވަނީ ގެއްލުންތަކެއް ލިބިފައި

ލާމް ލިންކް ރޯޑުގައި ފޮނަދޫ އާއި ކައްދޫ ގުޅޭ ކޯސްވޭގައި އެކްސިޑެންޓެއް ހިނގާފިއެވެ.

 

ފުލުހުން ބުނީ ހޯމަ ދުވަހު މެންދުރު 1:34 ކަންހާއިރު، ލ. ފޮނަދޫ އާއި ކައްދޫ ކޯސްވޭ ނިމޭ ހިސާބުގައި ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އުމުރުން 34 އަހަރުގެ އަންހެން މީހާއަށާއި އެ ސައިކަލް ފަހަތުގައި އިން 27 އަހަރުގެ އެންހެން މީހާއަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފައެވެ.

 

މި ދެ މީހުންނަން ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ މީހުންގެ ހާލު ސީރިއެސް އެއް ނޫނެވެ.

 

މި އެކްސިޑެންގައި ސައިކަލާއި ޕިކަޕަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް