ކ. މާލެ
|
11 ޑިސެންބަރ 2017 | ހޯމަ 15:11
ރައީސް މައުމޫނު ބަސްތީގަތުމެއް ދެއްވަނީ
ރައީސް މައުމޫނު ބަސްތީގަތުމެއް ދެއްވަނީ
ރާއްޖެއެމްވީ
ރައީސް މައުމޫނު
މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރާއި މަހުލޫފު ބައްދަލު ކުރެއްވުމުން ރައީސް މައުމޫނު މަރުހަބާ ދަންނަވައިފި
ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން މަހުލޫފު އެމަނިކުފާނަށް މައުލޫމާތު ދެއްވުމަކީ ވަރަށް އުފާވާ ކަމެއް ކަމަށް ވިދާޅުވި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު، މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ހިޒް އެކްސެލެންސީ ޑރ. މަހާތިރް މުހައްމަދުއާ ބައްދަލުކުރެއްވުމާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެކަމަށް މަރުހަބާ ދަންނަވައިފިއެވެ.

ހޯމަ ދުވަހުގެ ވަގުތެއްގައި ރައީސް މައުމޫނު ކުރެއްވި ޓްވީޓެގައި ވަނީ ޑރ. މަހާތިރްއާ ބައްދަލުކުރައްވައި ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން މަހުލޫފު އެމަނިކުފާނަށް މައުލޫމާތު ދެއްވުމަކީ ވަރަށް އުފާފުޅުވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނަކީ ދިވެހިންގެ ގާތް އެކުވެރިއެއް ކަމަށް ވިދާޅުވެ އެމަނިކުފާނަށް ދިގު އުމުރެއް ދެއްވުމަށް އެދި ރައީސް މައުމޫން ވަނީ ޓްވީޓް ކުރައްވާފައެވެ.

ޑރ. މަހާތިރްއާ މަހުލޫފު ބައްދަލު ކުރައްވާފައިވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައެވެ. މި ބައްދަލުވުމުގައި މަހުލޫފު ވަނީ ރާއްޖޭގައި ސިޔާސީ މަސްރަހާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ޑރ. މަހާތިރްއަށް އަރުވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް