ކ. މާލެ
|
11 ޑިސެންބަރ 2017 | ހޯމަ 13:46
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
މުހައްމަދު ޝަރުހާން
ކްރިމިނަލް ކޯޓް
މިމަހުގެ 16 އިން ފެށިގެން ކްރިމިނަލް ކޯޓް ރިސެސް އަށް
ރިސެސްއަށް ދަނީ 15 ދުވަހުގެ މުއްދަތަކަށް
އެކި ކޯޓުތަކުން ރިސެސް އަށް ދަނީ އެކި ދުވަސްވަރު
ރިސެސް މުއްދަތުގައި ބޮޑަށް އިސްކަންދޭނީ އިދާރީ މަސައްކަތްތަކަށް

މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށް ރިސެސް އަށް ދިއުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން މައުލޫމާތުދޭ ގޮތުގައި، އެ ކޯޓުގެ މިއަހަރުގެ ފަހު ރިސެސްގެ މުއްދަތަކީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހާ ހަމައަށެވެ. 

ރިސެސް މުއްދަތުގައި ކޯޓުން ބަލަމުން ގެންދާ މައްސަލަތައް ބެލުން މަދުކޮށްލި ނަމަވެސް، ކޯޓުން ކުރަމުން ގެންދާ އެހެނިހެން މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރަމުންގެންދާނެ ކަމަށް ކޯޓުން މައުލޫމާތުދެ އެވެ.

އެގޮތުން، ކުށުގެ ތުހުމަތުގައި ހައްޔަރު ނުވަތަ ބަންދުކުރާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކާއި، އިދާރީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ކުރަންހުރި މަސައްކަތްތައް ކުރަމުންދާނެ ކަމަށް ކޯޓުން މައުލޫމާތުދެ އެވެ.

ކްރިމިނަލް ކޯޓު މިމަހުގެ 16 ވަނަ ދުވަހު ރިސެސް އަށް ދާއިރު، ސިވިލް ކޯޓާއި ސުޕްރީމް ކޯޓު މިހާރުވެސް އޮތީ ރިސެސްގަ އެވެ. ސިވިލް ކޯޓު ރިސެސް އަށް ގޮސްފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 20 ވަނަ ދުވަހާ ހަމައަށެވެ. ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތު އާދިއްތަ ދުވަހު ފެށިއިރު، އެ މުއްދަތު ހަމަވާނީ ޖެނުއަރީ 10 ވަނަ ދުވަހު އެވެ.

ރިސެސްއަކީ ޝަރީއަތްތައް މަދުކޮށްލުން ނުވަތަ މެދުކަނޑާލުމަށް ފަހު އިދާރީ މަސައްކަތްތައް އެކަނި ކޯޓުތަކުން ކުރި އަށް ގެންދާ މުއްދަތެކެވެ. އެކި ކޯޓުތަކުން ރިސެސް އަށް ދާނީ އެކި ދުވަސްވަރު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް