ކ. މާލެ
|
11 ޑިސެންބަރ 2017 | ހޯމަ 13:32
ބްލަޑް ޑޮނޭޝަން ކެމްޕެއް
ބްލަޑް ޑޮނޭޝަން ކެމްޕެއް
ރާއްޖެއެމްވީ
ތެލެސީމިއާ ކުދިން
ތަހުލީލު މަރުހަލާގައިވާ ފަރުވާތައް ތެލެސީމިއާ ކުދިންނަށް ދިނުން ހުއްޓާލައިފި
އެ އިދާރާއިން ދެމުންދަނީ ޓީއައިއެފް އިން އިރުޝާދުދީފައިވާ ފަރުވާތައް
ތަހުލީލީ މަރުހަލާގައިވާ ފަރުވާ ދިނުން އެންމެ އެކަށީގެން ނުވޭ
ބަލިމީހާއަށް ގެއްލުންތަކެއް ލިބުން އެކަށީގެންވޭ

ތެލެސީމިއާ ކުދިންނަށް ފޯރުކޮށްދޭ ފަރުވާތަކުގެ ތެރެއިން، ތަހުލީލު މަރުހަލާގައިވާ ފަރުވާތައް ދިނުން މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ހުއްޓާލައިފި އެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، އެ ސަރވިސަސް އިން ފޯރުކޮށްދޭ ތެލެސީމިއާ ފަރުވާއަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ތެލެސީމިއާ އިންޓަރނޭޝަނަލް ފެޑެރޭޝަން (ޓީއައިއެފް) އިން ތެލެސީމިއާ ފަރުވާގެ ގޮތުގައި ބޭނުން ކުރުމަށް އިރުޝާދު ދެއްވާފައިވާ ފަރުވާތަކެއް ކަމަށެވެ.

މީގެ އިތުރުން ބޭސް އުފައްދާފައިވާ އަސްލު މަގްސަދު ނޫން އެހެން މަގްސަދެެއްގައި ( އޮފްލޭބަލް) ބޭނުން ކުރެވޭ އަދި ތަހުލީލު މަރުހަލާގައިވާ ފަރުވާ ތަކަކީ ތެލެސީމިއާ ފަރާތްތަކަށް ބޭނުން ކުރުމަށް އެ ސަރވިސަސް އިން  ބާރުއަޅާ ފަރުވާތަކެއް ނޫން ކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ބުނެ އެވެ.  މިފަދަ ފަރުވާތަކަކީ ތެލެސީމިއާ ޕޭޝަންޓުން ހޯދުމަށް އެ ސަރވިސަސް އިން ހިތްވަރުދޭ ފަރުވާތަކަކަށް ނުވާތީ، ބަލިމީހުންނަށް ލިބިދާނެ ގެއްލުމަށްޓަކައި މިފަދަ ފަރުވާތަކާއި ގުޅޭ އެއްވެސް ޚިދުމަތެއް ޑިސެމްބަރު 10 ވަނަ ދުވަހުން ފެށިގެން ފޯރުކޮށްދެވެން ނެތް ކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ހާމަކޮށްފައިވެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް