ކ. މާލެ
|
11 ޑިސެންބަރ 2017 | ހޯމަ 10:46
އަލް-އަގްސާ މިސްކިތް
އަލް-އަގްސާ މިސްކިތް
އަލްޖަޒީރާ
އިސްލާމިކް މިނިސްޓްރީގެ ބަޔާން
އުމްރާއަށްދާ ފަރާތްތަކުން މިދުވަސްވަރު އަޤްޞާއަށް ދިއުން ރަގަޅެއް ނޫން: އިސްލާމިކް މިނިސްޓްރީ
އަގްސާއަށް ދިއުން މިދުވަސްވަރު ރަގަޅެއް ނޫން
އަޤްޞާގެ މައްސަލައިގައި މެދުއިރުމަތީގެ ހާލަތުވަނީ ވަރަށް ގޯސްވެފައި

މިދުވަސްވަރު ރާއްޖެއިން އުމްރާއަށް ދަތުރުކުރާ ފަރާތްތަކުން މަސްޖިދުލް އަޤްޞާއަށް ދަތުރުކުރުުން ރައްކާތެރި ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މެދު އިރުމަތީގެ މަސްރަހު ހޫނުވެ، މިހާރު އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، މަސްޖިދުލް އަޤްޞާއަށް ދަތުރު ކުރުމަކީ އެންމެ ރައްކާތެރިކަމެއްގެ ގޮތުގައި ނުފެންނަ ކަމަށެވެ. ކަމާ ބެހޭ އިދާރާތަކުން ވަކި ގޮތަކަށް އަންގަންދެން، އުމްރާ ދަތުރުތަކުގައި ތިން ހަރަމަށް ދަތުރުކުރުމުގެ ގޮތުން މަސްޖިދުލް އަޤްޞާއަށް ޒިޔާރަތްކުރާ ގޮތަށް އުމްރާ ދަތުރުތައް އިންތިޒާމު ނުކުރެއްވުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީން މިފަދަ ގޮތަކަށް އިލްތިމާސްކޮށްފައިވާ އިރު ޤުދުސްއަކީ އިޒްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤަބޫލުކޮށް، އިސްރާއީލުގެ ތެލްއަވީވުގައި ހުރި އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކުރަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމެވި ނިންމެވުމާއި ގުޅިގެން، މެދުއިރުމަތީގެ ހިޔާލުތަފާތުވުންތައް ބޮޑުވެ، ހަމަނުޖެހުންތައް ވަނީ އިތުރުވެފަ އެވެ.

މިކަމާ ގުޅިގެން ދިވެހި ޚާރިއްޖިއްޔާ އިން ނެރުނު ބަޔާނުގައި ދިވެހި ސަރުކާރުން ވަނީ، އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރުތަކަށް އިޚުތިރާމްކޮށް، ސުލްޙައަށް ކުރެވޭ ބައިނަލްއަޤުވާމީ މަސައްކަތަށް ހުރަސް ނޭޅުމަށް އެމެރިކާއަށް ގޮވާލާފައެވެ.

ދިވެހި ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވަނީ، ފަލަސްޠީނުގެ މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ، 1967 ގެ ކުރީގެ ބޯޑަރުތަކަށް ރުޖޫޢަވެ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފައްދައި، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސް ކަމުގައި ހަމަޖައްސައި، އިސްރާއީލާއި އެކުއެކީ އުޅުން ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް