ކ. މާލެ
|
11 ޑިސެންބަރ 2017 | ހޯމަ 09:37
އެޑިއުކޭޝަންގެ ވެރިން ތަކެއް ޓިވެޓް ޕްރޮގްރާމް ފެށުމުގެ ތެރެއިން
އެޑިއުކޭޝަންގެ ވެރިން ތަކެއް ޓިވެޓް ޕްރޮގްރާމް ފެށުމުގެ ތެރެއިން
ރާއްޖެ އެމްވީ
އެޑިއުކޭޝަން
މިމަހުގެ ތެރޭގައި 2050 ސްކޮލަރޝިޕަށް ހުޅުވާލަނީ
ފުރުސަތު ހުޅުވާލަނީ މިމަހު 21 ގައި
މިއީ ހުރިހާ ޚަރަދެއް ސަރުކާރުން ދޭ ސްކޮލަރޝިޕް ތަކެއް

މިމަހުގެ ތެރޭގައި 2050 ސްކޮލާޝިޕަށް ހުޅުވާލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ބައެއް މީޑިޔާތަކަށް ވިދާޅުވެފައިވަނީ އެ ސްކޮލާޝިޕްތަކަކީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޒުވާނުންނަށް ވެވެޑައިގެންފައިވާ ވައުދެއް ކަމަށެވެ.

ނަޒީރު ވިދާޅުވީ، މިމަހުގެ 21 ވަނަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވަނީ، 2050 ސްކޮލާޝިޕާއި، 1000 ލޯނުގެ ފުރުސަތު ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ  އެ ސްކޮލާޝިޕްތަކަކީ މާލެ ސަރަހައްދުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިނގާއިރު، އިތުރުވެގެންދާ ވަޒީފާތަކަށް ޒުވާނުން ތަމްރީނު ކުރުމަށް ދޭ ސްކޮލާޝިޕްތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލާނީ، ރާއްޖޭގެ އިންސްޓިޓިއުޓްތައް ހިމެނޭ ގޮތަށް ބާއްވާ ބޮޑު ފެއާއެއްގައި ކަމަށެވެ.

ނަޒީރު ވިދާޅުވީ، އެ ސްކޮލާޝިޕްތަކުގެ ދަށުން ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިޕްލޮމާ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެ ސްކޮލާޝިޕްތަކަކީ، ފުލީ ފަންޑެޑް ސްކޮލާޝިޕްތަކެއް ކަމަށެވެ.

ސްކޮލަޝިޕްގެ ފުރުސަތުތައް އަންނަ ޖެނުއަރީމަހު ކޮލެޖްތަކާއި ޔުނިވަރސިޓީ ތަކުގެ ކިޔެވުން ފެށުމުގެ ކުރިން ހަމަޖައްސާނެކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އަންނަ އަހަރު 3050 މަތީ ތައުލީމުގެ ފުރުސަތު ހަމަޖައްސާދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންވަނީ ވިދާޅުވެފައެވެ. އެއީ 2050 ސްކޮލަޝިޕާއި 1000 ލޯނު ފުރުސަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް