ކ. މާލެ
|
10 ޑިސެންބަރ 2017 | އާދީއްތަ 20:23
މެންބަރު އިންތި: ކޮމިޝަންތަކުގައި ތިއްބެވި ބޭފުޅުންގެ ވިސްނުން ހުރީ ހަމައެކަނި ވަޒީފާ ދިފާޢުކުރުމަށް
މެންބަރު އިންތި: ކޮމިޝަންތަކުގައި ތިއްބެވި ބޭފުޅުންގެ ވިސްނުން ހުރީ ހަމައެކަނި ވަޒީފާ ދިފާޢުކުރުމަށް
މުހައްމަދު ޝަރުހާން
އިންސާނީ ހައްގުތައް
އެޗްއާރްސީއެމްއަކީ ސަރުކާރުގެ ޖަރީމާތައް އެންޑޯޒްކުރާ، ސަރުކާރުގެ އަޅެއް: އިންތި
ހުރިހާ ދާއިރާއަކުންވެސް ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި ރާއްޖެ އޮތީ ވަރަށް ފަހަތުގައި
ފެނިގެންދަނީ އެޗްއާރްސީއެމްއިން އެއްވެސް މަސައްކަތެއް ނުކޮށް އޮންނަ މަންޒަރު
މިއަދު ރާއްޖޭގައި މިއޮތީ ރިކޯޑް އަދަދަކަށް އިންސާނީ ޙައްޤުތަކަށް އަރައިގެންފައިވާ ސަރުކާރެއް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް އަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ހިންގާ އެކިއެކި ޖަރީމާތަކަށް ހިތްވަރުދޭ ކޮމިޝަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިންތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އިންސާނީ ޙައްޤުތަކުގެ ދުވަހާއި ގުޅުވައިގެން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މެންބަރު އިންތިޔާޒް ވިދާޅުވީ، އިންސާނީ ޙައްޤުތަކުގެ ތެރޭގައި މަދަނީ ޙައްޤުތަކާއި، ސިޔާސީ ޙައްޤުތަކާއި، އިޤުތިޞާދީ ޙައްޤުތަކާއި،، އިޖްތިމާޢީ ޙައްޤުތަކުގެ އިތުރުން ޡަޤާފީ ޙައްޤުތައް ހިމެނޭއިރު، މި ހުރިހާ ދާއިރާއަކުންވެސް ޙައްޤުތައް ކަށަވަރު ކޮށްދިނުމުގައި ރާއްޖެ އޮތީ ވަރަށް ފަހަތުގައި ކަމަށެވެ.

އިންތިޔާޒް ވިދާޅުވީ، މި ޙައްޤުތައް ކަށަވަރު ކޮށްނުދީ، ދިވެހި ސަރުކާރުން ގަސްތުގައި، ރާވައި، އިންތިޒާމްކޮށް، ފަރުމާކޮށްގެން މި ޙައްޤުތަކަށް އަރައިގަންނަމުންދާ ކަމަށެވެ. އިންތިޔާޒް ވިދާޅުވީ، ކަންކަން މިފަދައިން ހިނގަމުންދާއިރު، ފެނިގެންދަނީ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން އެއްވެސް މަސައްކަތެއް ނުކޮށް އޮންނަ މަންޒަރު ކަމަށެވެ.

"މި މުއައްސަސާ މިގޮތަށް އޮތްއިރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، މި މުއައްސަސާ ހަމަ ހަޤީޤަތުގައިވެސް ވާވެފައި ވާކަން. ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންގެ ޙައްޤުތައް ދިފާޢު ކުރުމަށްޓަކައި، ހުންނަ މުއައްސަސާތައް، ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ މުއައްސަސާތައް، ވެފައި މިވަނީ އެތަނުގައި ތިބޭ މުވައްޒަފުން ނުވަތަ ކޮމިޝަނަރުން، ދެކެވަޑައިގަންނަވާ ގޮތުގައި އެބޭފުޅުންނަށް އެންމެ މުހިއްމީ މަޤާމުގަ ދެމިތިބުން. ޖޮބްލެސް ބަޔަކަށް ޖޮބް ލިބުނީމާ އިހުސާސްވާ ގޮތް އެބޭފުޅުންނަށް އިހުސާސް ވަނީ. އެބޭފުޅުންގެ ސިކުނޑީގެ ހުރިހާ ހަރަކާތެއް ގޮސް ހުއްޓި ތާށިވަނީ، މަޤާމު ދިފާޢުކުރެވޭނީ ކިހިނެއްތޯ. މިކަމަށްޓަކާ، މި ވިސްނުމުގަ ތިއްބަވާތީ، ވެގެންދާ ގޮތަކީ، ދެން ހުރި ޤާނޫނު އަސާސީން އެބޭފުޅުންގެ މައްޗަށް ލާޒިމް ކޮށްފަވާ، މި ދެންނެވި އިންސާނީ ޙައްޤުތައް، މަދަނީ ޙައްޤުތައް، ސިޔާސީ ޙައްޤުތައް، މިހެންގޮސް މި ހުރިހާ ޙައްޤުތަކެއް އެއޮއް ބީވެ ދަނީ، އެއޮއް ގެއްލި ދަނީ، ރާއްޖޭގެ ރައްޔިތުން ނުރައްކަލެއްގެ ތެރަށް ވެއްޓިގެން ދަނީ" އިންތިޔާޒް ވިދާޅުވިއެވެ.

އިންތިޔާޒް ވިދާޅުވީ މިއަދު ރާއްޖޭގައި މިއޮތީ ރިކޯޑް އަދަދަކަށް އިންސާނީ ޙައްޤުތަކަށް އަރައިގެންފައިވާ ސަރުކާރެއް ކަމަށާއި، ނަމަވެސް އިންސާނީ ޙައްޤުތައް ދިފާޢުކޮށް ރައްކާތެރި ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކުރި އެއްވެސް ކަމެއް ނެތް ކަމަށެވެ.

މީގެ އިތުރުން އިންތިޔާޒް ވަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެކިއެކި ހަމަލާތަކުގައި މަރާލާފައިޥާ ފަރާތްތަކާއި، ހިނގާފައިވާ ގޮތްނޭނގޭ މަރުގެ ހާދިސާތަކަށް އިންސާފު ހޯދައިދެވިފައިނުވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް