ކ. މާލެ
|
10 ޑިސެންބަރ 2017 | އާދީއްތަ 20:24
ހިއުމަން ރައިޓްސް ކޮންފްރެންސް
ހިއުމަން ރައިޓްސް ކޮންފްރެންސް
ޓްވިޓަރ
އިންސާނީ ހައްގުތައް
އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މިނިވަން ޖުޑިޝަރީއެއް މުހިއްމު: ޖޭމްސް ޑޯރިސް
ޓްރާންސްޕޭރެންސީ އިން މިފަދަ ފުރަތަމަ ކޮންފްރެންސް ބާއްވާފައިވަނީ މިދިޔަ އަހަރު
މިއީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ ކޮންފްރެންސެއް
އިންސާނީ ހައްގުތަކަށް ހުރިހާ ފަރާތްތަކުން ހޭލުންތެރިވާންޖެހޭ

ރާއްޖޭގެ އިންސާނީ ހައްގުތައް ހިމާޔާތްކޮށް ކަށަވަރު ކުރުމަށްޓަކާއި މިނިވަން ޖުޑިޝަރީއެއް އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އިނގިރޭސިވިލާތުން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރިއަށްގެންދިޔަ  ހިއުމަން ރައިޓްސް ކޮންފްރެންސްގައި ވާހަކަ ދައްކަވަމުން، ޖޭމްސް ޑޯރިސް ވިދާޅުވީ، އިންސާނީ ހައްގުތައް ކަށަވަރު ކުރުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ބާރު އަޅަންޖެހޭ، އެކަންކަމަށް ހޭލުންތެރި ކުރަންޖެހިފައިވާ  ވަރަށް މުހިއްމު މަސައްކަތެއް ކަމަށާއި މިފަދަ ކޮންފްރެންސެއްގެ ޒަރިއްޔާއިން އިންސާނީ ހައްގުތައް ލިބިގަތުމުގައި ނުވަތަ ކަށަވަރު ކުރުމުގައި ރަނގަޅު ހެޔޮ ބަދަލުތަކެއް ގެނައުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ޓްރާންސްޕޭރެންސީ އިން ބާއްވާ މި ކޮންފްރެންސްގައި މިފަހަރު ވަނީ އަސާސީ ގޮތުން އިންސާނަކަށް ލިބިދޭންޖެހޭ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަށާއި މާރާމާރީއާއި ދިރިއުޅުމުގެ ހައްގާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިފަ އެވެ. މި ކޮންފްރެންސްގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކާއި ގާނޫނީ ވަކީލުންނާއި އިންސާނީ ހައްގުތައް ގެއްލިގެން އަނިޔާތަކާއި ކުރިލާފައިވާ ފަރާތްތަކާއި އެންޖީއޯތައް ވެސް ވަނީ ބައިވެރިވެފަ އެވެ.

ޓްރާންސްޕޭރެންސީ އިން މިފަދަ ފުރަތަމަ ކޮންފްރެންސް ބާއްވާފައިވަނީ މިދިޔަ އަހަރު އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް