ކ. މާލެ
|
6 ޑިސެންބަރ 2017 | ބުދަ 19:24
މަހްލޫފްގެ ބައްޕަ މުހައްމަދު ހައްސާން
މަހްލޫފްގެ ބައްޕަ މުހައްމަދު ހައްސާން
ރާއްޖެއެމްވީ
ފުލުހަށް ހާޒިރުކުރުން
ބަދުދުއާ ކުރި ކަމަށް ބުނެ މަހްލޫފްގެ ބައްޕަ ފުލުހަށް ހާޒިރުކުރަނީ
ހާޒިރުކުރަނީ ދައުލަތުގެ އިސްވެރިންގެ މައްޗަށް ބަދުދުއާ ކުރިކަމުގެ ތުހުމަތުގައި
ހާޒިރުވުމަށް އަންގާފައި ވަނީ ޑިސެމްބަރު 7 ވަނަ ދުވަހު
ދުއާ ކުރާނެ ތަނަކާއި ކުރާނެ ދުއާއެއް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް ނޫން

ދައުލަތުގެ އިސްވެރިންގެ މައްޗަށް ބަދުދުއާ ކުރި ކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފްގެ ބައްޕަ މުހައްމަދު ހައްސާން ފުލުސް އޮފީހަށް ހާޒިރުކުރަން ޗިޓް ފޮނުވައިފިއެވެ.

ޗިޓްގައި ބުނެފައި ވަނީ ޑިސެމްބަރު 1 ވަނަ ދުވަހު ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގެ ގޯތި ތެރޭގައި ހައްސާން އިސްވެ ހުރެ ދައުލަތުގެ އިސްވެރިންގެ މައްޗަށް ބަދުދުއާ ކުރި ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލާގައި އޭނާއާ ސުވާލުކޮށް ބަޔާން ނެގުމަށް ބޭނުންވާ ކަމަށެވެ.

ހައްސާން ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ ޑިސެމްބަރު 7 ވަނަ ދުވަހުގެ ހަވީރު 3:00 އަށެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މަހްލޫފް ވިދާޅުވީ ދުއާ ކުރާނެ ތަނަކާއި ކުރާނެ ދުއާއެއް އެނގިވަޑައިގަންނަވާނީ ރައިސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ނޫން ކަމަށެވެ. އަދި އެ ދައްކަވާ ބިރަށް ބައްޕަ އެންމެ އިންޗިއެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް