ކ. މާލެ
|
6 ޑިސެންބަރ 2017 | ބުދަ 09:49
މޯލްޑިވިއަންއިން އެއަރބަސް މަތިންދާބޯޓެއް ގެނައުމުން ވޯޓަރ ސެލިއުޓެއް ދެނީ
މޯލްޑިވިއަންއިން އެއަރބަސް މަތިންދާބޯޓެއް ގެނައުމުން ވޯޓަރ ސެލިއުޓެއް ދެނީ
ރިޒްނާ ޒަރީރު
މޯލްޑިވިއަން
މޯލްޑިވިއަންގެ ޕައިލެޓުން ވަރުބަލިވާކަމުގެ ޝަކުވާތަކެއް، ރައްކާތެރިކަމާއިމެދު ސުވާލުތަކެއް!
ޕައިލެޓުން ވަރުބަލިވާ ވާހަކަ އައިލެންޑް އޭވިއޭޝަނުން ދޮގުކުރޭ
ޕައިލެޓުން މަސައްކަތަށް ނެރެނީ ޤަވާޢިދާއި އެއްގޮތަށް: މޯލްޑިވިއަން
ޕައިލެޓުން ބުނަނީ މެދުނުކެނޑި ފްލައިކުރަން ޖެހުމުން ވަރުބަލިވާކަމަށް

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ މަތިންދާބޯޓުތައް ދުއްވާ ޕައިލެޓުން ވަރުބަލިވެ، އެކަމުގެ ޝަކުވާ އެކުންފުނީގެ އިސް ފަރާތްތަކަށް އުފުލުމުން އަޅާ ނުލާ މައްސަލަ ފެންމަތިވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އޯޑިއޯ ކްލިޕެއްގައި މޯލްޑިވިއަންގެ ޕައިލެޓަކުވަނީ ޕައިލެޓުން ވަރަށް ވަރަށް ބޮޑަށް ވަރުބަލިވާ ކަމަށް ބުނެފައެވެ. އަދި އެވާހަކަ ހުރިހާ ޕައިލެޓުންގެ ތެރޭގައި ދެއްކުމުން އެކަމާއި ހިތްހަމަނުޖެހުން ފްލައިޓް އޮޕަރޭޝަންސްގެ އިސް ވެރިޔަކު ވަނީ ފާޅުކޮށްފައެވެ. އެހެން ނަމަވެސް މިއީ ރައްކާތެރިކަމުގެ އިޝޫއެއްކަމުން، އެންމެންގެ ތެރޭގައި އެވާހަކަ ދެއްކީ ކަމަށް ޕައިލެޓް ބުނެއެވެ. އަދި އެވާހަކަ އެންމެންގެ ތެރޭގައި ދައްކަން ޖެހުނީ ފްލައިޓް އޮޕަރޭޝަންސްގެ އޮފިޝަލަށް އެވާހަކަ ވަކިވަކިން ދެންނެވި ނަމަވެސް ހައްލެއް ނައުމުން ކަމަށް ޕައިލެޓް ބުނެއެވެ. އެހެން ނަމަވެސް ޕައިލެޓުން މަސައްކަތް ކުރަނީ މައްސަލަ ސިޔާސީ ކުރުމަށް ކަމަށް ބުނެ، ފްލައިޓް އޮޕަރޭޝަންސްގެ އޮފިޝަލަކު، އެޕައިލެޓަށް ޖަވާބުދޭ އަޑު އޯޑިއޯގައި އިވެއެވެ.

މޯލްޑިވިއަންގެ ބައެއް ޕައިލެޓުން މާގިނަ ވަގުތު ފްލައި ކުރަން ޖެހުމުން ވަރުބަލިވާކަމުގެ ޝަކުވާކުރުމުން، "ގޭގައި ހުންނަންވީ ނޫން'ހެއްޔޭ ފްލައިޓް އޮޕްސްއިން ބުނެފައިވެއެވެ.

މޯލްޑިވިއަންގެ ޕައިލެޓުން މެދުކެނޑުމެއް ނެތި ދިގު މުއްދަތަކަށް ކޮންމެ ދުވަހަކު ޑިއުޓީ އަށް ނިކުންނަށް ޖެހުމުން ވަރުބަލިވާ ކަމަށް ބުނެ އެކުންފުނީގައި މަސައްކަތް ކުރާ ބޭރުގެ ޕައިލެޓަކު ވެސް ކުންފުނިން ވަކިވެފައިވާ ކަމަށް ބުނާ އީމެއިލެއް ވެސް ވަނީ އާއްމުވެފައެވެ. އެގޮތުން 7 ދުވަސްވަންދެން ދުވާލަކު 8 ގަޑިއިރު ނުވަތަ 10 ގަޑިއިރު އުދުހެން ޖެހޭއިރު، އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ވަރުބަލިވާ ކަމަށް ޕައިލެޓުން ބުނެއެވެ.

ފްލައިޓްތައް ދުއްވަން ތިބޭ ޕައިލެޓުން ވަރުބަލިކަން އިހުސާސްވާކަމުގެ ޝަކުވާ ކުރުމުން، އައިލެންޑް އޭވިއޭޝަންގެ އިސްވެރިން އެކަމާއި އަޅާނުލާކަމުގެ ޝަކުވާ ކުރަމުން އަންނައިރު، އެކުންފުނީގެ އަންހެން ޕައިލެޓުންނަށް ބޮޑެތި މަތިންދާބޯޓު ދުއްވުމުގެ ފުރުސަތު ނުދޭ ކަމަށް ބުނާ މައްސަލައެއް ވެސް ވަނީ ދާދިފަހުން ފެންމަތިވެފައެވެ.

ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރާއި ބެހޭ އުޞޫލުތައް ބުނާ ގޮތުން ޕައިލެޓުންނާއި ފްލައިޓް ކްރޫ އަދި ކެބިން ކްރޫއިންނަށް އެކަށީގެންވާ ވަގުތު އަރާމު ކުރުމަށް ދޭން ޖެހެއެވެ. އަދި މާބޮޑަށް ޕައިލެޓުން ވަރުބަލިވެއްޖެނަމަ ފްލައިޓް ދުއްވުމަކީ މަނާކަމެކެވެ. 

ދާދިފަހުންވެސް މަހެއްހާ ދުވަސްތެރޭ މޯލްޑިވިއަންގެ ކަނޑަށް ޖައްސާ 2 މަތިންދާބޯޓަށް 2 ހާދިސާއެއް ކުރިމަތިވެފައިވެއެވެ. އެގޮތުން ހުޅުލެއަށް ޖައްސަން އުޅުމުގެ ތެރޭގައި ހާދިސާއެއް ދިމާވެ، އެއް ސީޕްލޭން ކްރޭޝްލޭންޑް ކުރި އިރު، އަނެއް މަތިންދާބޯޓު އުދުއްސާލަން އުޅުމުގެ ތެރޭގައި ރިޒޯޓެއްގެ ކައިރީގައި ކަނޑުމަތީގައި އޮތް އެއްޗެއްގައި ސީޕްލޭންގެ ކަނދު ޖެހި، މޫދަށް ވެއްޓިފައިވެއެވެ. 

މިކަމާއި ގުޅިގެން ރާއްޖެ.އެމްވީއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ހާރިސް ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވަނީ ފޭކް އޯޑިއޯއެއް ކަމަށާއި، އެއީ ވަކި ބޭނުމަކަށް އެޑިޓްކޮށްގެން ހަދާފައިވާ އެއްޗެއް ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ކުންފުނީގެ އުޞޫލުތަކާއި ޚިލާފަށް ކަމަށް ވެސް ހާރިސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕައިލެޓުންނަށް ދޭން ޖެހޭ މިންވަރަށް ވުރެ އިތުރަށް ވެސް އަރާމުކުރާނެ ވަގުތު ދޭކަމަށާއި، އޭގެ އިތުރަށް ވެސް ވަރުބަލިވާނަމަ އެކަން މެނޭޖްމަންޓަށް ހުށަހެޅުމުގެ ހައްޤު ކޮންމެ ޕައިލެޓަކަށް ވެސް އޮންނާނެ ކަމަށެވެ. އަދި މޯލްޑިވިއަން އިން އަބަދު ވެސް މަތިންދާބޯޓު އުފައްދާ ކުންފުނީގެ އުޞޫލުތަކާއި އަދި އައިކާއޯގެ އިތުރުން ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤަވާއިދުތަކަށް މޯލްޑިވިއަންއިން އިން ފުރިހަމަޔަށް ބޯލަނބާ ކަމަށެވެ. ހަމައެއާއިއެކު މޯލްޑިވިއަންގެ ފްލައިޓްތަކުގެ ރައްކާތެރިކަމާއިމެދު ބަޔަކު އެފަދަ ސުވާލެއް އުފެއްދުމަކީ ޤައުމީ އެއަރލައިނަށް ލިބޭނެ ދެރައެއް ކަމަށާއި، ގެއްލުމެއްކަމަށް ވެސް ހާރިސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
6 ޑިސެންބަރ 2017 | ބުދަ 12:30
ޝާން
މޯލްޑިވިއަން ގެ މެނޭޖްމަންޓަކީ އެއްވެސް ކަމެއް ބަރާބަރަށް ކުރަން އިގޭ ބައެއް ނޫން. މޯލްޑިވިއަންގަ އުޅޭ އަންހެން ޕައިލެޓުންކުރެ އަހާބަލަ އެމީހުންނާއި ފޮށި ޖިންސީ ފުރައްސާރަ ކުރަނީ ތިތަނުގެ ކިތައް މުވައްޒަފުންތޯ އާއި އަދި އެއިން މީހަކަށް ފިޔަވަޅެއް އަޅާފައިވޭތޯ؟؟