ކ. މާލެ
|
5 ޑިސެންބަރ 2017 | އަންގާރަ 19:12
އަމީތާއި ސައުދާއި ވައްޑެ އިލެކްޝަންސް ކޮމިޝަން ކައިރީގައި
އަމީތާއި ސައުދާއި ވައްޑެ އިލެކްޝަންސް ކޮމިޝަން ކައިރީގައި
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާއަށް ވައްޑެ، އަމީތު އަދި ސައުދު އިންކާރު
ދެން މި މައްސަލައިގައި އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 16ގައި
ދައުވާ ކުރަނީ މެމްބަރުކަން ގެއްލިފައި ވަނިކޮށް، މަޖިލިސް އިދާރާއަށް ވެންނެވި ކަމަށް ބުނެ

އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާއަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް އިންކާރު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވަނިކޮށް ރައްޔިތުންގެ މަޖިލިސްކުރާ ގެއަށް ވެންނެވި ކަމަށް ބުނާ މައްސަލައިގައި އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުން ބޭއްވީ އަންގާރަ ދުވަހު މެންދުރު ފަހުގައެވެ. މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އިންކާރުކުރުމާ ގުޅިގެން ދައުލަތުން ވަނީ މައްސަލަ ސާބިތުކުރުމަށް ހެކި ހުށައަޅާފަ އެވެ.

ހެކީގެ ގޮތުގައި ދައުލަތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހުންނަ ސަރައްދަށް ވެންނެވިކަން ސާބިތު ކުރުމަށް ވީޑިއޯ ހުށަހަޅާފަ އެވެ. އަދި އެ ތިން ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ބޭފުޅުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ލިޔުމަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓައިދިނުމަށް ޑިފެންސް މިނިސްޓްރީއަށް މަޖިލީހުގެ އިދާރާ އިން ފޮނުވި ސިޓީއެއް ވަނީ ހުށަހަޅާފަ އެވެ. އަދި މަޖިލީސްކުރާގެ ހުންނަ ސަރައްދުގައި ފުލުހުން ހަރަކާތްތެރިވީ ސިފައިން އެދިގެންކަން ސާބިތުކުރުމަށް ހުށަހެޅި ލިޔުމެއްގެ އިތުރުން ބައެއް ފުލުހުން ވަނީ ހެކިންގެ ގޮތުގައި ހުށަހަޅާފަ އެވެ.

މި ތިން މެމްބަރުންގެ ވަކީލު ހިސާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ޑިފެންސް މިނިސްޓްރީން ސިޓީ ފޮނުވާފައި ވަނީ 24 ޖުލައިގައި ކަމަށްވާ އިރު އެކަންތައް ހިނގާފައި ވަނީ ވެސް އެ ދުވަހު ކަމަށެވެ. އެހެން ކަމުން އެ ސިޓީ ފޮނުވި ގަޑި ސާފުކުރަން ބޭނުންވާ ކަމަށާއި ހެކިތަކާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަން ބޭނުން ވަނީ އެކަން ސާފުކުރުމަށް ފަހު ކަމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވީ އެކަން އެވަގުތު ސާފުކޮށްދެވެން ނެތް ކަމަށާއި ދެން އޮންނަ އަޑުއެހުމެއްގައި ސާފުކޮށްދޭނެ ކަމަށެވެ.

ގާޒީ ވިދާޅުވީ މި މައްސަލާގައި ދެން އަޑުއެހުމެއް ބާއްވާނީ އަންނަ މަހުގެ 16 ވަނަ ދުވަހު ކަމަށެވެ. އަމީތާއި ވައްޑެ އާއި ސައުދުގެ މައްޗަށް ވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތައް ގަސްތުގައި ހުރައެޅުމުގެ ދައުވާއަށް ވެސް އުފުލާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
5 ޑިސެންބަރ 2017 | އަންގާރަ 21:17
shameem
Thee Majaa Kameh Suvaalakee Paatee Badhal Kurumun Godi Gelley Gothah QA Ah Islaaheh S,Court Ah Geneveynethoa?!