ކ. މާލެ
|
5 ޑިސެންބަރ 2017 | އަންގާރަ 14:33
ގދ.ފިޔޯރީ މަގެއް ފެންބޮޑުވެފައި
ގދ.ފިޔޯރީ މަގެއް ފެންބޮޑުވެފައި
ފާތިމަތު ޝަނާ މުހައްމަދު
ރާއްޖޭގެ މޫސުން
ހުވަދު އަތޮޅުގެ ރަށްތަކަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ބައެއް ގޭގެއަށް ފެންވަދެ، ގެންލުންތައް ލިބިއްޖެ
ފިޔޯރީ އިން 16 ގެއަށް ވަނީ ފެންވަދެފައި
ލިބުނު ގެއްލުންތަކުގެ ތަފްސީލު އަންނަނީ ބަލަމުން

ހުވަދު އަތޮޅަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ގދ. ފިޔޯރީ އާއި ރަތަފަންދޫގައި ފެންބޮޑުވެ ބައެއް ގޭގެއަށް ގެއްލުން ލިބިއްޖެ އެވެ.

ފިޔޯރީ ކައުންސިލްގެ މެންބަރު މުހައްމަދު އަހުމަދު ވިދާޅުވީ، ފަތިހުން ފެށިގެން ހެނދުނު 10:00 ޖެހުމާ ހަމައަށް ކުރި ވިއްސާރައިގައި ރަށުގެ ބޮޑު ބައެއް ފެންބޮޑުވެފައިވާ ކަމަށާއި ގިނަ އަދަދެއްގެ ގެތަކަށް ފެން ވަދެފައިވާ ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 16 ގެއަކަށް ފެން ވަދެ، ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ލިބުނު ގެއްލުންތަކުގެ ތަފްސީލުތައް ކައުންސިލުން އެއްކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

 ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ސަބަބުން ރަށުގެ ދަނޑުތަކުގައި ވެސް ފެންބޮޑުވެފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ. ރަށުގެ ބޮޑު އާބާދީއެއް ދަނޑުވެރިކަން ކުރަމުންދާ އިރު ރަށުގައި އާމުކޮށް ހައްދަނީ މިރުހާއި ކިއުކަމްބާ އާއި ބަށީގެ އިތުރުން ފަތްޕިލާވެލި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރަތަފަންދޫ ކައުންސިލްގެ ރައީސް ހުނައިފު އަސްލަމް ވިދާޅުވީ، ފަތިހުން ފެށިގެންް އެރަށަށް ކުރި ވިއްސާރައާއި ގުޅިގެން ރަށުގެ މަގުތަކުގައި ފެންބޮޑުވެފައިވާ ކަމަށެވެ. އަދި މީހުން ދިރިއުޅޭ އެއްގެއަށް ފެންވަދެ، އެގޭގެ އަލަމާރިއަކަށް ގެއްލުންތަކެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

 މިދެ ރަށުގެ ފެން ހިންދުމުގައި ފުލުހުން ވެސް ވަނީ ހަރަކާތްތެރިވެފަ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް