ކ. މާލެ
|
4 ޑިސެންބަރ 2017 | ހޯމަ 20:33
ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއީލް
ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއީލް
ރާއްޖެއެމްވީ
މިނިވަން ވިޔަފާރި
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް ހަލާކުވެ، ފުނޑު ފުނޑުވެގެންދާނެ: ފައްޔާޒް
ހުރިހާ އެއްޗަކަށް ބަރޯސާވާން ޖެހޭނީ ޗައިނާއަށް
ދެން އެ ދުވަހަކުން ޗައިނާ ބޭނުން އަގެއްގައި އަޅުގަނޑުމެންނަށް އެއްޗެހި ވިއްކާނީ

ޗައިނާއާ އެކު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް ހަލާކުވެ، ފުނޑު ފުނޑުވެގެންދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިދިކޮޅު އިއްތިހާދުން އާދީއްތަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ގާއިމްކުރުމުގެ ކުރިން އެކަން ރައްޔިތުންގެ މަޖިލީހާއި ރާއްޖޭގެ ވިޔަފާރިވެރިންނާއި ވިޔަފާރިވެރިންގެ ޖަމިއްޔާތަކާއި އަދި ރައްޔިތުންނާ ވެސް އެވާހަކަ ހިއްސާކޮށްފައިނުވާ ކަމަށެވެ. މިއީ މި ގައުމުގެ ދަރަނި އިތުރުކުރުމަށްޓަކައި ސަރުކާރުން ކުރި ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

"ކުރިއަށް އޮތް ދެ ތިން ހަތަރު އަހަރެއް ތެރޭގައި އަޅުގަނޑުމެންނާ އެއްކޮށް އެހެން ވިޔަފާރީތައް ހަލާކުވެގެން ގޮސް، ހަމައެކަނި އަޅުގަނޑުމެންނަކީ ހުރިހާ އެއްޗެއް އިމްޕޯޓްކުރާ ބަޔަކަށް ވާއިރު ހުރިހާ އެއްޗަކަށް ބަރޯސާވާން ޖެހޭނީ ޗައިނާއަށް. އެހިސާބަށް ދާއިރު އޮންނާނީ އެހެން ގައުމުތަކާއި އެކީ އޮތް ވިޔަފާރީ ގުޅުން ފުނޑުފުނޑުވެ ހަލާކުވެފައި. ދެން އެ ދުވަހު ޗައިނާ ބޭނުން އަގެއްގައި އަޅުގަނޑުމެންނަށް އެއްޗެހި ވިއްކާނީ. އޭރަކުން އަޅުގަނޑުމެން ނިކުމެ ކުރީގެ ވިޔަފާރީތައް ރުޖޫއަކުރަން ވަގުތެއް ދެނެއް ނޯންނާނެ،" ފައްޔާޒު ވިދާޅުވިއެވެ.

މި އެއްބަސްވުމާ އެކު ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގައި ވިޔަފާރިވެރިންނާ އެއް ހަމައެއްގައި ވިޔަފާރި ކުރުމުގެ ޖާގަ ހުޅުވިގެންދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

 މިކަމާ ދެކޮޅަށް ހުރިހާ ރައްޔިތުން ނިކުމެ އިހްތިޖާޖް ކުރުމަށް ފައްޔާޒު ވަނީ ގޮވާލައްވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް