ކ. މާލެ
|
4 ޑިސެންބަރ 2017 | ހޯމަ 18:34
އާސަންދަ ކަސްޓަމަރ ސަރވިސް އޮފީސް
އާސަންދަ ކަސްޓަމަރ ސަރވިސް އޮފީސް
ރާއްޖެ އެމްވީ
އާސަންދަ ޚިދުމަތް
ޕާސްޕޯޓް ކާޑް ބޭނުން ކޮށްގެން އާސަންދަ ޚިދުމަތް ލިބޭ ގޮތް ހަމަޖައްސައިފި
އާސަންދަ ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ
ކުރިން މި ޚިދުމަތް ލިބެނީ އައިޑީކާޑު އެކަނި ބޭނުން ކޮށްގެން

 ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީކާޑު) އެކޭ އެއްގޮތަށް ޕާސްޕޯޓް ކާޑް ބޭނުންކޮށްގެން ވެސް އާސަންދަ ޚިދުމަތް ބޭނުން ކުރެވޭނެ ކަމަށް އާސަންދަ ކުންފުނިން ހާމަކޮށްފި އެވެ.

 އާސަންދަ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުގެ މުއައްސަސާތަކާއި ހޮސްޕިޓަލްތަކާއި ބޭންކުތައް ފަދަ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެއްވާ ތަންތަނުން ވެސް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެކޭ އެއްފަދައިން ޕާސްޕޯޓް ކާޑަކީ ވެސް ބަލައިގަންނާނެ ލިޔުމެކެވެ.  ޕާސްޕޯޓް ކާޑަކީ ވެސް ކާކުކަން އަންގައިދޭ ލިޔުމެއްގެ ގޮތުގައި ބަލައިގަންނަން ސަރުކާރުން ނިންމާފައިވުމާއެކު ހުސްނުވާ އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ހޯދުމަށްވެސް އާއިޑީ ކާޑުގެ ބަދަލުގައި ޕާސްޕޯޓް ކާޑުވެސް ބަލައިގަނެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

 އާސަންދަ ކުންފުނިން މީގެ ކުރިން ޚިދުމަތް ދިނުމުގައި ބަލައިގަންނަނީ އައިޑީކާޑު އެކަންޏެވެ.

ދިވެހި ރައްޔިތުންނަށް ސިއްހީ ފަރުވާގެ ޚަރަދުތައް ހަމަޖައްސައިދިނުމަށްޓަކައި އެކުލަވާލާފައިވާ ހެލްތް އިންޝިއުރެންސް ސްކީމުގެ ތެރެއިން ގިނަ ހިދުމަތްތަކެއް އަންނަނީ ފޯރުކޮށްދެމުންނެވެ. މި ޚިދުމަތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2012 ވަނަ އަހަރުގައި ތައާރަފްކޮށްފައިވާ އިރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި ޚިދުމަތަށް ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެގޮތުން މި ސަރުކާރުން މިޚިދުމަތް ޕްރޮމޯޓްކޮށް ޚިދުމަތް ދެމުން ގެންދަނީ " ހުސްނުވާ އާސަންދަ" ގެ ނަމުގައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް