ކ. މާލެ
|
3 ޑިސެންބަރ 2017 | އާދީއްތަ 19:58
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބް: އޭނާ މަރާލުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް ވަކީލުން ތުހުމަތުކުރޭ
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބް: އޭނާ މަރާލުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް ވަކީލުން ތުހުމަތުކުރޭ
އަޒުމޫން އަހުމަދު
އަދީބްގެ ބޭސްފަރުވާ
އަދީބް ބޭސްފަރުވާއިން މަހުރޫމްކުރަނީ މަރާލުމުގެ ބޭނުމުގައި: ވަކީލު
ސިރާޖް އެފަދައިން ވިދާޅުވީ މަހުލޫފް ކުރެއްވި ޓްވީޓަކާ ގުޅިގެން
މަހުލޫފް ވަނީ އޭސީޕީ ޖަމްޝީދު މައުލޫމާތުތަކެއް އަދީބާ ހިއްސާކުރެއްވި ކަމަށް ތުހުމަތުކުރައްވާފައި
އެކަން ފުލުހުންގެ އިދާރާއިން ސާފުކޮށްދިނުމަށް މަހްލޫފް އެދިވަޑައިގެންނެވި

ބޭސްފަރުވާގެ ކަންކަމުން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބްގެ މަހުރޫމްކޮށްފައި ވަނީ އޭނާ މަރާލުމުގެ ބޭނުމުގައި ކަމަށް ޤާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވެއްޖެ އެވެ.

ސިރާޖް އެފަދައިން ވިދާޅުވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓަކާ ގުޅުވައި ކުރެއްވި ޓްވީޓެއްގައެވެ.

މަހުލޫފްގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ، "އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދް ޑީމޯޓް ކުރަން ނިންމީ އަދީބަށް ޒަހަރުދީގެން މަރާލަން އެންގުމުން އެކަމާއި ނޫޅެ އެ މެސެޖް އަދީބަށް ރައްދުކުރުމަށް މަސައްކަތްކުރުމުން" ކަމަށް އަޑުއިވިފައިވާ ކަމަށެވެ. އަދި ޑީމޯޝަން މަޑުއްޖައްސާފައި އޮތީ އޯޑިއޯއެއް ޖަމްޝީދުގެ އަތުގައި އެތުމުން ކަމަށް މައުލޫމާތު ލިބޭ ކަމަށާއި، އެކަން ފުލުހުންގެ އިދާރާއިން ސާފުކޮށްދިނުމަށް އެދޭ ކަމަށް މަހުލޫފުގެ ޓްވިޓާރގައި އޭނާ ލިޔުއްވާފައި ވެއެވެ.

 

 

މަހުލޫފްގެ އެ ޓްވީޓާ ގުޅިގެން އަދީބްގެ ޤާނޫނީ ވަކީލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އަދީބް މަރާލަން އުޅޭކަމުގެ އަޑުތައް ފެތުރޭ އިރެއްގައި އެފަދަ ތުހުމަތުތަކެއް އުފެދޭ ގޮތަށް ސަރުކާރުން ކަންކަން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ބޭސް ފަރުވާގެ ކަންކަމުން އަދީބް މަހުރޫމްކޮށްފައި ވަނީ ވެސް އޭނާ މަރާލުމުގެ ބޭނުމުގައި ކަމަށް ޤަބޫލުކުރައްވާ ކަމަށް ސިރާޖް ޓްވީޓްގައި އޭނާ ވިދާޅުވެފައި ވެއެވެ.

 

 

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދުގެ މަޤާމް ކުއްލި ގޮތަކަށް ދަށްކުރުމާ ގުޅޭ ގޮތުން ފުލުހުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައި ވަނީ ފުލުހުންގެ އެތެރޭގެ މަޤާމުތަކަށް ގެންނަ ބަދަލުތަކާ ގުޅޭ މައުލޫމާތު ހާމަކުރުމަށް ހަމަޖެހިފައިނުވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ޖަމްޝީދުގެ މަގާމު ސުޕްރިންޓެންޑެންޓަކަށް ބަދަލުކުރުމަށް ފަހު، ފޮނުވުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓީއަށެވެ.

 

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު (ވ) -- ފޮޓޯ: ފުލުހުންގެ އިދާރާ

 

އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފަ އެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބް ފިއްލަވާފާނެ ކަމަށާއި، އަދީބް ފިއްލަވައިފި ނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ. އަދީބްގެ ލޯޔަރުން ވިދާޅުވަމުން ގެންދަވަނީ އަދީބް ރާއްޖެއިން ބޭރަށް ނުފޮނުވައި ހިފެހެއްޓުމަކީ ޤާނޫނީ އިމުން ބޭރުން ކުރާ ކަމެއް ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
4 ޑިސެންބަރ 2017 | ހޯމަ 00:17
ހިފެހެއްޓުމަކީ
ފުއްޕާފަ އުޅުދުވަސް މާޒީއެއްނުވޭ އަދި