ކ. މާލެ
|
3 ޑިސެންބަރ 2017 | އާދީއްތަ 19:42
މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު
މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު
އަބުދުﷲ ނަސީރު އިބްރާހިމް
ކޮރަޕްޝަންގެ މައްސަލަ
ރިޝްވަތު ހުށަހެޅި ކަމަށް ޝިފާ ވިދާޅުވި މައްސަލައިގައި ކޮރަޕްޝަން އެކުލެވިގެންނުވާ ކަމަށް ނިންމައިފި
ޝިފާ މި ޓްވީޓް ކުރެއްވީ އޮކްޓޫބަރު 18 ވަނަ ދުވަހު
އެއީ އޭނާ ލިޔުއްވާ ވާހަކައަކާ ގުޅިގެން ކުރެއްވި ޓްވީޓެއް

ޕާޓީ ބަދަލު ކުރާ މަތިން މިލިއަނުން ފައިސާ ހުށަހަޅާފައިވާ ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ކުރެއްވި ޓްވީޓާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބެލި މައްސަލައިގައި ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

މި މައްސަލައަކީ ޕާޓީ ބަދަލު ކުރާ މަތިން ޝިފާ އަށް ރިޝްވަތުގެ ގޮތުގައި ތިން ކޮޓަރީގެ އެޕާޓްމެންޓަކާއި މިލިއަނުން ފައިސާ ހުށަހަޅާފައިވާ ކަމަށް މީޑިޔާގައި ޝާއިއުކޮށްފައިވާ ލިޔުމަކާ ގުޅިގެން އޭސީސީން އަމިއްލައަށް ބަލަން ފެށި މައްސަލައެކެވެ.

މި މައްސަލައާ ގުޅިގެން އޭސީސީން ވަނީ ޝިފާ މުހައްމަދާ ސުވާލުކޮށްފަ އެވެ. އެގޮތުން އޮކްޓޫބަރު 18 ވަނަ ދުވަހު ޝިފާކުރެއްވި ޓްވީޓްގައި ވަނީ "ކޮޅު ބަދަލުކުރާ މަތިން ތިން ކޮޓަރީގެ އެޕާޓްމެންޓަކާއި މިލިޔަނުން ފައިސާ ހުށަހަޅާފައިވޭ" ކަމަށެވެ. އެހެން ނަމަވެސް އެކަމާ ގުޅިގެން އެއްވެސް މީޑިއާއެއްގައި އެއްވެސް އެއްޗެއް ޝާއިއު ކުރި ކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެކަމާ ގުޅިގެން އެއްވެސް ނޫސްވެރިއަކު ސުވާލު ވެސް ކޮށްފައިނުވާ ކަމަށް ޝިފާ ވިދާޅުވި ކަމަށް އޭސީސީން ހާމަކުރެ އެވެ. އޭނާ އެގޮތަށް ޓްވީޓްކުރައްވާފައި ވަނީ މުޖުތަމައުގެ ތެރޭގައި އެފަދަ މައްސަލަތައް ހިނގާ ކަމަށް ގަބޫލު ކުރެވިގެން އާންމުން ހޭލުންތެރި ކުރުވުމަށްޓަކައި ކަމަށާއި އެއީ ލިޔަން ފައްޓަވާފައިވާ ވާހަކައެއް ކަމަށް ޝިފާ ހާމަކުރެއްވި ކަމަށް އޭސީސީން ބުނެ އެވެ. 

އެވާހަކައިގެ ދެވަނަ ބައި ފަހުން ޝާއިއުކުރައްވާނެ ކަން ވެސް ޝިފާ ވިދާޅުވި ކަމަށް އޭސީސީން ހާމަކުރެ އެވެ. މީގެ އިތުރަށް މިފަދަ އެތައް ވާހަކައެއް މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ޓްވީޓްކުރައްވާފައި ވާނެ ކަމަށް ޝިފާ ވިދާޅުވި ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އެހެން ކަމުން މި މައްސަލައިގައި ކޮރަޕްޝަން އެކުލެވިފައިނުވާ ކަމަށް އޭސީސީން ވަނީ ހާމަކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
4 ޑިސެންބަރ 2017 | ހޯމަ 12:22
Hameed
MDP ge is safugai nuthibeyne Thedhu bunaa meehaku. E meehun edhuruvefai e thibee dhogu hedhumugai hadhdhu fahana alhaafai huri meehehge gaathun.