ކ. މާލެ
|
3 ޑިސެންބަރ 2017 | އާދީއްތަ 00:11
އަރަބިއްޔާ ކުރިން ހުރި ބިމުގައި ޓާޓާއިން އިމާރާތްކޮށްފައިވާ ފްލެޓްތައް
އަރަބިއްޔާ ކުރިން ހުރި ބިމުގައި ޓާޓާއިން އިމާރާތްކޮށްފައިވާ ފްލެޓްތައް
އަޒުމޫން އަހުމަދު
ޓާޓާ ފްލެޓްތައް
އެޗްޑީސީއިން ވިއްކުމަށް ކަނޑައެޅި ފްލެޓްތައް ވިއްކުން މަޑުޖައްސާލައިފި
މި ފްލެޓްތައް ވިއްކުން މަޑުޖައްސާލެއްވިކަން ހައުސިން މިނިސްޓަރު ވަނީ ޓްވީޓަކުން ހާމަކުރައްވާފައި
ފްލެޓްތައް ގަތުމަށް ރައްޔިތުން ކިއު ހެދުމަކީ ސަރުކާރުން ގަބޫލް ކުރައްވާ ކަމެއް ނޫން: މިނިސްޓަރު
ފްލެޓްތައް ގަތުމަށް ފޯމު ނެގުމަށް މިރެއިން ފެށިގެން ވަނީ ކިއު ހަދާފައި

އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމާއި ގާކޮށީ ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތަކުގެ ތެރެއިން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިއްކުމަށް ކަނޑައެޅި ފްލެޓްތައް ވިއްކުން މަޑުޖައްސާލައިފިއެވެ.

ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ހޮނިހިރު ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ފްލެޓްތައް ގަތުމަށް ރައްޔިތުން ކިއު ހެދުމަކީ ސަރުކާރުން ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާއި އެހެންކަމުން ފްލެޓްތައް ގަތުމަށް ފަސޭހަ ގޮތެއް ހަމެޖެއްސެންދެން އެ ފްލެޓްތައް ވިއްކުން މަޑުޖައްސާލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ހައުސިން މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ހެދުނު 9:00 އިން ފެށިގެން ހުޅުމާލޭ ގާޒީ ސްކޫލުން މި ފްލެޓްތައް ގަތުމަށް ފޯމު ދޫކުރަން އޮތީ ނިންމާފައެވެ. އަދި މިރެއިން ފެށިގެން ގާޒީ ސްކޫލް ބޭރުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ކިއު ހަދާފައެވެ. އެގޮތުން ސަރުކާރުން މިގޮތަށް މި ނިންމީ ފްލެޓް ގަތުމަށް ފޯމު ނެގުމަށް 200 އަށްވުރެ ގިނަ މީހުން ގާޒީ ސްކޫލް ބޭރުގައި ކިއު ހަދާފައި ވަނިކޮށެވެ.

އެޗްޑީސީއިން ކުރިން ބުނެފައިވާ ގޮތުގައި ހޯމަ ދުވަހު ފޯމު ދޫކުރަން ހަމަޖެހިފައިވަނީ 100000 (އެއް ލައްކަ) ރުފިޔާގެ ބޭންކް ގެރެންޓީ ގެންދާ ފަރާތްތަކަށެވެ. އަދި މި ފޯމުތައް ހުށަހެޅުމުގެ އެންމެ ފަހު ގަޑިއަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށް ވެސް އެޗްޑީސީއިން ބުނެފައިވެއެވެ.

އެޗްޑީސީއިން ވިއްކަން ނިންމާފައިވަނީ ޓާޓާއިން ގާކޮށްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި 264 ފްލެޓްގެ ތެރެއިން 105 ފްލެޓްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް